Advertisement

ގައުމިއްޔަތު މިނިސްޓްރީ އާ ގުޅިގެން ބޮޑުއީދު ފާހަގަ ކުރަން އެދޭ ރަށްރަށުން ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލައިފި

25 އޭޕްރީލް 2024 - 12:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭގައި ބޮޑު ޖަމާއަތުގައި ފިތުރުއީދު ނަމާދުކުރަނީ. ފޮޓޯ: އިޔާދު އަބްދުލް ވަައްހާބް/އަދަދު


ގައުމިއްޔަތު މިނިސްޓްރީ އާ ގުޅިގެން ބޮޑުއީދު ފާހަގަ ކުރަން އެދޭ ރަށްރަށުން ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލައިފި

25 އޭޕްރީލް 2024 - 12:00 0

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީއާ ގުޅިގެން ބޮޑުއީދު ފާހަގަ ކުރަން ބޭނުންވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަަހަޅަން އެ މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

ގައުމިިއްޔަތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީއާ ގުޅިގެން މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރަން ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ އިއުލާނުގައިވާ ގޮތުން، ފުރުސަތު ދޭނެ ރަށް ކަނޑައަޅާނީ އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރައްވާނެ ހަރަދުތަކާއި، އަދި އަގެއް ނުނަގާ އެ ރަށަކުން ކޮށްދޭނެ ކަންތަތަކަށް ބަލައިގެންނެވެ.

ގައުމިއްޔަތު މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީއާ ގުޅިގެން މި އަހަރު އަޟްހާ އީދު ފާހަގަ ކުރަން ހަމަޖެހިފައި ވަނީ ތިން ރަށެއްގައި ކަމަށެވެ. އެ ތިން ރަށް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ހުށަހަޅާ ޕްރޮޕޯސަލްތައް މިނިސްޓްރީން ބެލުމަށްފަހުގަ އެވެ. ފުރުސަތު ދޭނީ އެންމެ ރަނގަޅު ޕްރޮޕޯޒަލް ހުށަހަޅާ ތިން ރަށަށެވެ.

ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މެއި 9، ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިންނެވެ. އަދި އެ ވުޒާރާއިން ވަނީ ޕްރޮޕޯޒަލް [email protected] އަށް އީމެއިލް ކުރުމަށް އެދިފަ އެވެ.

ޕްރޮޕޯޒަލްގައި ހިމަނަންވީ މައިގަނޑު ބައިތަކުގެ އިތުރުން ޕްރޮޕޯޒަލްއަށް މާކްސް ދޭނެ ގޮތް ވެސް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ކަނޑައަޅާފަ އެވެ.