Advertisement

އީދު ނަމާދު ފަށާ ގަޑި 7:00 އަށް އަވަސްކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި

20 މާރިޗު 2024 - 16:02 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މީގެ ކުރިން މާލޭގައި ކުރި އީދު ނަމާދެއްގެ ތެރެއިން : އީދު ނަމާދު ފަށާ ގަޑި 7:00 އަށް އަވަސްކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި - ފޮޓޯ: އަދަދު


އީދު ނަމާދު ފަށާ ގަޑި 7:00 އަށް އަވަސްކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި

20 މާރިޗު 2024 - 16:02 0

ރާއްޖޭގައި އީދު ނަމާދު ކުރަން ފަށާ ގަޑި 7:00 އަށް އަވަސްކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

މީގެ ކުރިން ރާއްޖޭގައި އީދު ނަމާދު ކުރަން ފަށާ ގަޑިއަކީ ހެނދުނު 7:30 އެވެ. އީދު ނަމާދު ކުރާ ގަޑިއަކީ ހޫނުގަދަ ގަޑިައެއް ކަމަށް ދޭހަވާ ގޮތަށް މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވަނީ ސޯޝަލް މީޑިއާގައި ވާހަކަދައްކަވާފަ އެވެ.

މިނިސްޓަރު ޝަހީމު ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރުގައި ވެސް އެކަން ފާހަގަކުރެއްވި އެވެ. އަދި މިހާރު ރާއްޖޭގައި އާއްމުކޮށް އީދު ނަމާދު ކުރަނީ ހުސްބިންތަކުގައި ކަމަށާއި އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.

"ޢީދު ނަމާދުގެ ޖަމާއަތަށް ހާޒިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އުފުލަންޖެހޭތީ" މިނިސްޓްރީގެ ގަރާރުގައި ވަގުތު ބަދަލުކުރި ސަބަބު ތަފުސީލު ކުރަމުން ލިޔެފައިވެ އެވެ.

އަދި، ރަސޫލާގެ ސުންނަތުން ސާބިތުވާގޮތުން އެކަލޭގެފާނު އީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުހާ ވަގުތުގައިކަން ފެންނަން އޮތުމާއެކު ނަމާދުގެ ޖަމާއަތް ފެށޭގަޑިއަކީ 7:00 ގައި ކަމަށް މިއަދުން ފެށިގެން މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށްވެސް އެ ގަރާރުގައި ވެ އެވެ.

އެ ނިންމުން ނިންމީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންނާއި، އިސްލާމިކް މިނިސްޓްރީގެ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީއާއި މަޝްވަރާކުރުމަށް ފަހުގައި ކަމަށްވެސް ގަރާރުގައި ބުންޏެވެ.