Advertisement

އެމްބާޕޭ އާއި ޑެމްބެލޭގެ ގޯލުތަކުން ޕީއެސްޖީ އަށް ފަސޭހަ މޮޅެއް

25 އޭޕްރީލް 2024 - 13:38 0


އެމްބާޕޭ އާއި ޑެމްބެލޭގެ ގޯލުތަކުން ޕީއެސްޖީ އަށް ފަސޭހަ މޮޅެއް

25 އޭޕްރީލް 2024 - 13:38 0

ޕެރިސް (25 އޭޕްރީލް) - ފްރެންޗް ލީގުގައި ޕީއެސްޖީ އިން ރަށުން ބޭރުގައި ކުޅުނު މެޗުގައި ލޮރިއޯންގެ މައްޗަށް ފަސޭހަކަމާއެކު 4-1 ގެ ނަތީޖާ އަކުން ކުރިހޯދާ ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

މި މެޗުގައި ޕީއެސްޖީގެ ތަފާތަކަށްވީ އެ ޓީމުގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި ބާސާ ދޫކޮށް މި ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވި އޮސްމާނޭ ޑެމްބެލޭ އެވެ.

މި މެޗުގެ 19 ވަނަ މިނެޓުގައި ޕީއެސްޖީ އިން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މައިލޫގެ އެހީތެރިކަމާއެކު މި ގޯލު އެ ޓީމަށް ޖަހާދިނީ ޑެމްބެލޭ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޕީއެސްޖީ އިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. މެންޑޭސްގެ އެހީތެރިކަމާއެކު މި ގޯލު އެ ޓީމަށް ޖަހާދިނީ އެމްބާޕޭ އެވެ.

ޕީއެސްޖީ އިން ދެވަނަ ހާފު ފެށީ ވެސް ވަރުގަދަ ކޮށެވެ. އެކަމަކު ދެވަނަ ހާފުގެ ކުރީކޮޅު ލޮރިއޯން އިން ވަނީ ޕީއެސްޖީގެ ވަރުގަދަ އެޓޭކުތައް ހުއްޓުވައިފަ އެވެ. ޕީއެސްޖީގެ ތިންވަނަ ގޯލު މެޗުގެ 60 ވަނަ މިނެޓުގައި އެމްބާޕޭ ދިން ޕާހަކުން ޖެހީ ޑެމްބެލޭ އެވެ. އެކަމަކު މެޗުގެ 73 ވަނަ މިނެޓުގައި ލޮރިއޯންގެ މަމްބާ ވަނީ ގޯލެއް ޖަހާ ފަރަގު ކުޑަކޮށްފަ އެވެ.

ޕީއެސްޖީ އިން އެ ޓީމުގެ ހަތަރުވަނަ ގޯލު ޖެހީ މެޗުގެ ފަހު މިނެޓުގަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އެމްބާޕޭ އެވެ. މިއީ އެމްބާޕޭ މި ސީޒަނުގައި ޕީއެސްޖީ އަށް ޖަހާދިން 43 ވަނަ ގޯލެވެ. އެއާއެކު, މި ސީޒަން ވެގެންދާނީ އެމްބާޕޭ އޭނާގެ ކެރިޔަރުގައި އެންމެ ގިނަ ގޯލު ޖެހި ސީޒަނަށެވެ.

ޕީއެސްޖީ އިން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 30 މެޗުން ލިބުނު 69 ޕޮއިންޓާއެކުގަ އެވެ. ދެވަނައިގައި އޮތް މޮނާކޯ އަށް 30 މެޗުން ލިބެނީ 58 ޕޮއިންޓެވެ.