Advertisement

ޔުނައިޓެޑުން ޒިދާން ހޯދަން މަސައްކަތް ކުރަނީ

24 އޭޕްރީލް 2024 - 15:39 0


ޔުނައިޓެޑުން ޒިދާން ހޯދަން މަސައްކަތް ކުރަނީ

24 އޭޕްރީލް 2024 - 15:39 0

މެންޗެސްޓާ (24 އޭޕްރީލް) - މެންޗެސްޓާ ޔުނައިޓެޑުން މި ސީޒަން ނިމުމުން އެ ޓީމުގެ މިހާރުގެ ކޯޗު އެރިކް ޓެން ހާގް މަގާމުން ދުރުކޮށް, ކުރިން ރެއާލުގެ ކޯޗަކަށްހުރި ފްރާންސްގެ ޒިނެދިން ޒިދާން ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓެން ހާގާއެކު, ޔުނައިޓެޑުން މި ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރުނު ނަމަވެސް ޓެން ހާގު ވަނީ އޭނާ މަގާމުން ވަކި ނުކުރާނެ ކަމުގެ އިތުބާރު އޮތް ކަމަށް ބުނެފަ އެވެ. އަދި ޔުނައިޓެޑުން ޓެން ހާގާ ހަވާލުކޮށްފައިވަނީ މުސްތަގުބަލަށް ބަލައި ދިގު ޕްރެޖެކްޓެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން ޔުނައިޓެޑްގެ ކުޅުންތެރިންނާ ޓެން ހާގާ މައްސަލަ ޖެހުމުގެ އަޑުތައް ވަނީ ފެންމަތި ވެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ސީޒަން ނިމުމުން ޔުނައިޓެޑުގެ މެނޭޖުމަންޓުން އެ ޓީމުގެ ކޯޗު ކަމުން ޓެން ހާގް ދުރުކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ. އަދި ސީޒަން ނިމުމުން އެ ޓީމަށް ގެންނަން އެންމެ ބޭނުންވަނީ ރެއާލާއެކު ކާމިޔާބު ސީޒަންތަކެއް ހޭދަކުރި ރެއާލުގެ ކުރީގެ ލެޖެންޑް ޒިދާން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޔުނައިޓެޑުން ޒިދާން އާއެކު އަންނަ ހަފުތާ ތެރޭގައި މަޝްވަރާ ކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ޒިދާން އަދިވެސް ބޭނުންވެފައި ހުރީ ފްރާންސްގެ ކޯޗުކަން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޒިދާން ވަނީ މީގެ ކުރިން ރެއާލާއެކު ވިދިވިދިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން ރެއާލާއެކު ތިން ކުލަބް ވޯލްޑް ކަޕް, އެއް ސްޕެނިޝް ލީގު ކާމިޔާބުކުރި އެވެ.