Advertisement

ހަތަރު ވޯޓުގެ ތަފާތު އޮތް ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން އެދެފި

24 އޭޕްރީލް 2024 - 10:43 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ހަތަރު ވޯޓުގެ ތަފާތު އޮތް ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން އެދެފި

24 އޭޕްރީލް 2024 - 10:43 0

ހަތަރު ވޯޓުގެ ތަފާތު އޮތް ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދޭން އެދެފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު އަދި ތަރުޖަމާން ހަސަން ޒަކަރިއްޔާ "އަދަދު" އަށް ވިދާޅުވީ ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދޭން އެދުނީ ކުޑަތަފާތަކުން ބަލިވި އިބްރާހިމް އަބްދުއްރަހްމާން ކަމަށެވެ.

މި މައްސަލަ ބެލުމަށްފަހު ވޯޓު ފޮށިތައް އަލުން ގުނުމާމެދު މިއަދުގެ ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވި އެވެ.

"އިބްރާހިމް އަބްދުލް ރަހްމާންގެ މަންދޫބުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު ޝަކުވާ ހުށަހަޅާފައި އޮތީ. މިއަދު ކޮމިޝަނުން ގޮތެއް ނިންމާނެ،" ޒަކަރިއްޔާ ބުންޏެވެ.

ދުވާފަރު ދާއިރާއަށް ހަތަރު ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، އެންމެ ގިނައިން ވޯޓު ހޯއްދެވީ 1،074 ވޯޓާއެކު ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު އަލީ އެވެ.

މުހައްމަދު އަލީގެ ފަހަތުން ދެވަނައަށް އެންމެ ގިނައިން ވޯޓު ހޯއްދެވި މިނިވަން ކެންޑިޑޭޓު އިބްރާހިމް އަބްދުލް ރަހްމާނަށް ލިބުނީ 1،070 ވޯޓެވެ.

އޭގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓު އިސްމާއިލް އަހުމަދުއަށް 579 ވޯޓު ލިބިފައިވާއިރު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު އަޒްލީން އަހުމަދުއަށް ލިބިފައި ވަނީ 77 ވޯޓެވެ.