Advertisement

ފޮއްޓެއް އަލުން ގުނަން ޖެހޭވަރުގެ ޝަކުވާއެއް މިހާތަނަށް ނާދޭ: އީސީ

23 އޭޕްރީލް 2024 - 15:28 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ފޮއްޓެއް އަލުން ގުނަން ޖެހޭވަރުގެ ޝަކުވާއެއް މިހާތަނަށް ނާދޭ: އީސީ

23 އޭޕްރީލް 2024 - 15:28 0

ރައްޔިތުންގެ މަޖިލިސް އިންތިހާބާގައި އެއްވެސް ވޯޓު ފޮއްޓެއް އަލުން ގުނަން ޖެހޭވަރުގެ ޝަކުވާއެއް ނާންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ މެމްބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިންތިހާބާ ގުޅިގެން މިހާތަނަށް އަލުން ފޮއްޓެއް ގުނުމަށް އެދި ޝަކުވާ ހުށަހަޅާފައި ވަނީ ތިނަދޫ ދެކުނު ދާއިރާއިން ކަމަށެވެ. ނަމަވެސް އެ ފޮށި އަލުން ނުގުނަން ކޮމިޝަނުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފޮށި އަލުން ނުގުނަން ނިންމީ ލިބިފައިވާ ޝަކުވާ ބެލުމަށްފަހު އެގޮތަށް ކޮމިޝަނަށް ފެންނާތީ ކަމަށް ވެސް ހަސަން ޒަކަރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

"އިންތިހާބާ ގުޅިގެން މިހާތަނަށް އަލުން ފޮއްޓެއް ގުނަން ޖެހޭ ވަރުގެ ޝަކުވާއެއް ނާދޭ. ނަތީޖާއަށް އަސަރުކުރާ ފަދަ ބޮޑު ޝަކުވާއެއް އައިސްފިނަމަ އެ ޝަކުވާ ބެލުމަށްފަހު އަލުން ފޮށި ގުނާނެ،" ހަސަން ޒަކަރިއްޔާ ވިދާޅުވި އެވެ.

އޭގެ އިތުރުން ހަސަން ޒަކަރިއްޔާ ވިދާޅުވީ އިންތިހާބާ ގުޅޭ ޝަކުވާތައް އީސީއަށް ބަލައިގަންނާނީ ދާއިމީ ނަތީޖާ އިއުލާން ކުރުމާ ހަމައަށް ކަމަށާއި އޭގެ ކުރިން ފޮއްޓެއް ގުނަން ޖެހިއްޖެ ނަމަ ކޮމިޝަނުން ގުނާނެ ކަމަށެވެ.

އީސީއިން ވަނީ އިންތިހާބުގައި ވޯޓިލީ 602 ވޯޓު ފޮށި ގުނައި ވަގުތީ ނަތީޖާ އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި ބެހެއްޓި 34 ވޯޓު ފޮށި ހިމެނެ އެވެ.

އިންތިހާބުގައި 369 ކެންޑިޑޭޓުން ވާދަކުރިއިރު، 93 ގޮނޑިއަށް މީހުން ވަނީ އިންތިހާބު ކޮށްފަ އެވެ.