Advertisement

އީސީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އުނެއިސް އައްޔަނުކޮށްފި

2 މޭ 2024 - 16:25 0

ނިމާ ހަސަން

ނިމާ ހަސަން

އީސީގެ އެސްޖީ އުނައިސް


އީސީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އުނެއިސް އައްޔަނުކޮށްފި

2 މޭ 2024 - 16:25 0

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އަބްދުالله އުނައިސް އައްޔަނުކޮށްފި އެވެ.

އީސީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އުނެއިސް މިއަދު އައްޔަނު ކުރީ, އެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ, އެ ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަނު ކުރުމާ ގުޅިގެން އެ މަގާމު ހުސްވެފައި އޮއްވަ އެވެ.

ހަސަން އީސީގެ މެންބަރު ކަމަށް އައްޔަނުކުރުމުން, ވަގުތީ ގޮތުން އެސްޖީގެ މަގާމު އަދާ ކުރެއްވީ ވެސް އުނައިސް އެވެ.

އުނެއިސް އަކީ 2005 ވަަނ އަހަރުން ފެށިގެން އިލެކްޝަން ކޮމިޝަނުގެ އެކި މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ އެ ކޮމިޝަނުގެ ޑިރެކްޓަރުކަން ވެސް ކުރައްވާފަ އެވެ.

އުނެއިސް ތައުލީމު ހާސިލު ކުރެއްވީ ބިޒްނަސް ސްޓަޑީސް އަދި އައިޓީ ދާއިރާއިންނެވެ.

އެސްޖީގެ އިތުރުން މިއަދު އީސީއަށް ވަނީ ޑިރެކްޓަރަކާއި ޑެޕިއުޓީ ޑިރެކްޓަރަކު ވެސް އައްޔަނުކޮށްފަ އެވެ. އީސީގެ ޕްލޭނިން އެންޑް ރަޖިސްޓްރޭޝަން ޑިވިޝަނުގެ ޑިރެކްޓަރަކަށް އައްޔަނު ކުރީ އާމިނަތި އަޒީފާ އެވެ. އަދި އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސާވިސް ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރަކަށް އައްޔަނު ކުރީ ސީނާ ރަޝީދު އެވެ.