Advertisement

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މައްސަލަ ޕީޖީގައި އޮއްވާ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ ރައީސް އޮފީހުގެ މަގާމަކަށް

23 އޭޕްރީލް 2024 - 07:44 3

އަހުމަދު އާއިދު

އ

Advertisement

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ: އޭނާ މިހާރު ވަނީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފަ - ފޮޓޯ: ފައިލް


އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މައްސަލަ ޕީޖީގައި އޮއްވާ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ ރައީސް އޮފީހުގެ މަގާމަކަށް

23 އޭޕްރީލް 2024 - 07:44 3

Advertisement

Advertisement

އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިކަމުގެ ތުހުމަތުވާ މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އޮއްވައި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފި އެވެ.

"އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި އަބްދުﷲ އައްޔަންކޮށްފައިވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.

Advertisement

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް، އެ އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އަބްދުﷲ ހަލީލަށް ތަކުރާރުކޮށް ގުޅާ މެސެޖުކުރުމުން ވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރި އަބްދުﷲ ދީދީގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މައްސަލައެއް ޕީޖީ އޮފީހުން ބަލަމުންދާކަން އެ އޮފީހުގެ މީޑީއާ އޮފިޝަލު މިއަދު ވަނީ "އަދަދު" ނޫހަށް ކަށަވަރުކޮށްދީފަ އެވެ.

އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ، ޖޭއެސްސީއިން އޭނާގެ މައްސަލަ ބަލާ މަޖިލީހަށް ފޮނުވުމުން އޮގަސްޓު 28، 2019 ގަ އެވެ. އެ ދުވަހު އޭނާ ވަކިކުރަން މަޖިލީހުގެ 72 މެންބަރަކު ވޯޓު ދެއްވި އެވެ.

Advertisement

ޖޭއެސްސީއިން އަބްދުﷲ ގެ މައްޗަށް ކުރި ތަހުގީގު އެއިރު ކުރިއަށް ގެންދިޔައީ އާންމުންނަށް ހުޅުވާލައިގެން ދަރުބާރުގޭގަ އެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ 2014 އިން ފެށިގެން ސިޔާސީ އެކި ފަރާތްތަކަށް ކުރަމުން އައި ހުކުމްތައް ވަކި ކޮޅަކަށް ނިންމަން އޭނާއަށް ރިޝްވަތުގެ ނެގި ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން ޖާއިޒު ސަބަބެއް އޮތް ކަމަށް ނުބެލެވޭ ހާލަތްތަކުގައި އެކި އަދަދުތަކުން ފައިސާ ހަވާލުވި ކަމަށް ކުރެވުނު ތުހުމަތުތަކެވެ.

އެ ތުހުމަތުތަކަށް ހެކިދޭ ފުލުހުންގެ ރިޕޯޓުތަކެއް ވެސް އޭނާގެ މައްސަލަ ބަލަން އުފެއްދި ހާއްސަ ކޮމިޓީން ތަހުގީގުކުރި އެވެ. ތުހުމަތުތަކާ ގުޅިގެން އަބްދުﷲ އެ ކޮމިޓީއަށް ޖަވާބެއް ހުށަހެޅި ނަމަވެސް އެ ޖަވާބުގައިވާ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ރިޝްވަތު ހިފުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒު މަންފާތަކެއް ހޯދާފައިވާކަމުގެ ތުހުމަތާއެކު ބެލި ސުލޫކީ މައްސަލަ ސާބިތުވެ އަބްދުﷲ ދީދީ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ޖޭއެސްސީގެ ކޮމިޓީން ނިންމީ މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ކައިދާ

11 months ago

ތަނެއްގަ މައްސަލައެއް އޮތުމަކީ މީހާ ކުށްވެރިއަކަށްވާ ކަމެއްނޫން. މައްސަލަ ސާބިތުވާން ޖެހޭނެ.

ކިޔު

11 months ago

ސަރުކާރާއި ރައީސުގެ އަގު ވެއްޓެން ފަށާ ހިސާބަކީ މީ. ބަޔަކު ބުންޏަސް އާދޭސްކުރިއަސް މިވަރުގެ މަގާމުތަކަށް ރައީސް، މީހުން އައްޔަންކުރައްވަންވާނީ ރަނގަޅަށް ބައްލަވާފަ. އަބުރުވެރި ގާބިލު ފަރާތްތައް.

މާމިނގިލީ ޒާހިރު

11 months ago

މުޅި ދުނިޔޭގައިވެސް ހުރި އެންމެ ކަޮރޮޕްޓް އަދި ވަރަށް ގަޔާވެގެން ރިޝްވަތު ހިފާ މީހެއް ތި ދީދީ އަކީ. ހެޔޮ ނުވާނެ އޭނަޔަށް ތި މަޤާމް ދޭކަށް.