Advertisement

މެލޭޝިއާގައި ވައިގެ ތެރެއިން ދެ ހެލިކަޕްޓަރެއް ޖެހި 10 މީހުން މަރުވެއްޖެ

23 އޭޕްރީލް 2024 - 10:50 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މެލޭޝިއާގައި ވައިގެ ތެރެއިން ދެ ހެލިކަޕްޓަރު ޖެހި އެކްސިޑެންޓުވުން: 10 މީހުން ވަނީ މަރުވެފައި -- ފޯޓޯ: އެކްސް


މެލޭޝިއާގައި ވައިގެ ތެރެއިން ދެ ހެލިކަޕްޓަރެއް ޖެހި 10 މީހުން މަރުވެއްޖެ

23 އޭޕްރީލް 2024 - 10:50 1

މެލޭޝިއާގެ ނޭވީ ރިހާސަލްއެއްގައި ދެ ހެލިކަޕްޓަރު ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި ހެލިކަޕްޓަރުތަކުން ދަތުރުކުރި 10 މީހުން ވެސް މަރުވެއްޖެ އެވެ.

ނޭވީ ދެ ހެލިކަޕްޓަރު ވައިގެ ތެރެއިން ޖެހި އެކްސިޑެންޓުވީ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވަނީ އާއްމުވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެކްސިޑެންޓުވި ދެ ހެލިކަޕްޓަރުގެ ތެރެއިން އެއް ހެލިކަޕްޓަރުން ހަތް މީހުން ދަތުރު ކޮށްފައިވާއިރު، އަނެއް ހެލިކަޕްޓަރުން ދަތުރުކުރީ ތިން މީހުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ހެލިކަޕްޓަރުތަކުން ދަތުރުކޮށްފައި ވަނީ މެލޭޝިއާގެ ނޭވީ އޮފިސަރުންނެވެ.

ހެލިކަޕްޓަރުތައް ރިހާސް ކުރަމުން ދިޔައީ މެއި، 3 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭވީގެ ރަސްމިއްޔާތަކަށެވެ.