Advertisement

މަޖިލީހުގެ ރައީސް ކަނޑައަޅާނީ މަޝްވަރާކުރުމަށްފަހު، އަޅުގަނޑުގެ ޝައުގު ބިނާވާނީ ރައީސްގެ ލަފަޔަށް: އަބްދުއްރަހީމް

22 އޭޕްރީލް 2024 - 09:46 4

އަހުމަދު އާއިދު

އ

Advertisement

ރައީސް މުއިއްޒު އަދި އަބްދުއްރަހީމް : އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް އޮތް ޝައުގު ބިނާވާނީ ރައީސްގެ ލަފަޔަށް ކަމަށް - ފޮޓޯ: ރައީސް އޮފީސް


މަޖިލީހުގެ ރައީސް ކަނޑައަޅާނީ މަޝްވަރާކުރުމަށްފަހު، އަޅުގަނޑުގެ ޝައުގު ބިނާވާނީ ރައީސްގެ ލަފަޔަށް: އަބްދުއްރަހީމް

22 އޭޕްރީލް 2024 - 09:46 4

Advertisement

Advertisement

ވެރިކަންކުރާ ޕީއެންސީއިން ސުޕަ މެޖޯރިޓީ ހޯދާފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އަންނާނެ މެންބަރަކު ކަނޑައަޅާނީ ޕާޓީގެ ތެރޭގައި މަޝްވަރާކުރުމަށްފަހު ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސްގެ މަގާމާ ގުޅޭގޮތުން "އަދަދު" އާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެކަމާމެދު ގޮތެއް ނިންމުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޕާޓީގެ ލީޑަޝިޕު އެކީގައި އިށީނދެ މަޝްވަރާ ކުރާނެ ކަމަށެވެ.

Advertisement

މަޖިލިސް އިންތިހާބުގެ ކުރިން، ރިޔާސީ އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބާއެކު މަޖިލީހުގެ ރައީސްކަމަށް އަންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ އަބްދުއްރަހީމެވެ. އޭނާގެ ޝައުގު އެ މަގާމަށް އޮތް ކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ރައީސް އިހުތިޔާރު ކުރުން ބިނާވާނީ ރައީސް މުއިއްޒުގެ ލަފަޔަށް ކަމަށެވެ.

"އަޅުގަނޑުގެ ޝައުގުވެރިކަން އޮންނަ ގޮތަކީ ރައީސުލްޖުމްހުރިއްޔާ ބޭނުންފުޅުވާ ކޮންމެ ކަމަކަށް އަޅުގަނޑު ހުންނާނީ ރައީސުލްޖުމްހުރިއްޔާއާއެކު،" ރައީސްގެ އިސް ވަޒީރުގެ މަގާމުގައި ވެސް ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.

Advertisement

އަބްދުއްރަހީމްގެ އިތުރުން މަޖިލީހުގެ ރައީސްގެ މަގާމަށް އަންނާނެ ކަމުގެ އަޑު ފެތުރިފައިވާ އެހެން މެންބަރުންގެ ތެރޭގައި ދިއްގަރު ދާއިރާއަށް އިންތިހާބުވި އަހުމަދު ނާޒިމް އަދި ނިލަންދޫ ދާއިރާއަށް އިންތިހާބުވި، ރައީސް މުއިއްޒުގެ ކޮއްކޮ ފާތުމަތު ސައުދާ ވެސް ހިމެނެ އެވެ.

Advertisement

0.00%

100.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ތުއްރަވާސް

11 months ago

މަޖްލިސްގެ ރައީސް ކަމާ ނައިބު ރައީސް ކަމަށް ހޮވަންވާނީ ތަޢުލީމީ ބޭފުޅުން އަބްރުއްރަޙީމް ކަހަލަ މީހުނެއްނޫން .

ނަގިލި

11 months ago

ނަމަ ނަމަ ނާޒިމް ނުލާތި

ގަބުޅި

11 months ago

ސައުދާ ވަރެއްނެތް ބޭނުންބަހަކުން ފަރިތަކަމާ އެކު ވާހަކަދެއްކެންވާނެ ޤައުމުގެ އަގުހިފެހެެއްޓޭވަރުކުރަންވާނެ އ އަހު ހިސާބު ސޯ ނައިބަކަށް ސަޅީ

ޝައުގީ

11 months ago

އައްދޭ... ހާދަ ނޫންކޮށް... އަދި އެއްކޮށްލަމާ ވަރަށް އުފާވާނޭ އެކަހަލަ ފުރުސަތެއް ލިބުނިއްޔާ... އުޅޭނެ ވަކި ގެކޮޅަކާ ކާރުކޮޅަކާ މުސާރަކޮޅަކާ އޮފީސްކޮޅެއް. ދެން މިހުންނަނީޔަކީ ދޫކޮށްލެވޭ ޒާތުގެ ކަންކަމެއް ނޫނިއްޔަދޯ