Advertisement

ޕީއެންސީގެ ތާރީހީ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރަން ބޮޑު ޖަލްސާއަކާއެކު މިރޭ ހަވާ އަރުވަނީ

22 އޭޕްރީލް 2024 - 11:21 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީއެންސީގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ނިންމާލަން ބޭއްވި ހިނގާލުމުގެ ތެރެއިން: ޕީއެންސީއަށް ލިބުނު ތާރީހީ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރުން މިރޭ - ފޮޓޯ: އަދަދު


ޕީއެންސީގެ ތާރީހީ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރަން ބޮޑު ޖަލްސާއަކާއެކު މިރޭ ހަވާ އަރުވަނީ

22 އޭޕްރީލް 2024 - 11:21 0

ވެރިކަންކުރާ ޕީއެންސީއަށް، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބުނު ތާރީހީ ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ބޮޑު އިވެންޓަކާއެކު ހަވާ އެރުވުން އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ބުނީ އެ ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗުގަ އެވެ. މިރޭ 8:30 ގައި ބާއްވާ އެ ޖަލްސާ ނިމިގެން ހަވާ އެރުވުން އޮންނާނެ ކަމަށް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.

"މި ޖަލްސާއަށް ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވަން، އިވެންޓަށްފަހު ހަވާ އެރުވުން އޮންނާނެ،" މީޑިއާތަކަށް ހީނާ ފޮނުވި ޓެކްސްޓް މެސެޖުގައިވެ އެވެ.

މިހާތަނަށް ނަތީޖާތައް ދައްކާ ގޮތުން 93 ގޮނޑީގެ ތެރެއިން ވެރިކަންކުރާ ޕީއެންސީއަށް 68 ގޮނޑި ލިބެ އެވެ. އެމްޑީއޭއަށް ދެ ގޮނޑި އަދި އެމްއެންޕީއަށް ގޮނޑިއެއް ކާމިޔާބުވި އިރު އެއީ ސަރުކާރާ ގުޅިގެން މި ވަގުތު މަސައްކަތްކުރާ ދެ ޕާޓީ އެވެ.

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރި 11 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރި ކަމަށް ދައްކާއިރު އޭގެ ތެރޭގައި ސަރުކާރުން ތާއީދު ދިން ކެންޑިޑޭޓުން ގިނަ އެވެ.

އިދިކޮޅު އެމްޑީޕީއަށް ލިބުނީ 10 ގޮނޑި ކަމަށް ނަތީޖާއިން މި ވަގުތު ދައްކަ އެވެ. އެމްޑީޕީން މީގެ ކުރިން އާންމުކޮށް ކާމިޔާބުކުރާ އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީން ވެސް އެ ޕާޓީއަށް މެޖޯރިޓީއެއް މި ފަހަރު ނުލިބެ އެެވެ.