Advertisement

އެންމެ ތަރުހީބު ކުޑަ މަޖިލިސް އިންތިހާބު, ވޯޓުލީ އެންމެ 75 ޕަސެންޓު މީހުން

21 އޭޕްރީލް 2024 - 22:02 0

ނިމާ ހަސަން

ނިމާ ހަސަން

މަޖިލިސް އިންތިހާބުގައި ވޯޓުލާން ބަޔަކު ނިކުމެ; މިއީ މިހާތަނަށް އެންމެ ތަރުހީބު ކުޑަ އިންތިހާބު -- ފޮޓޯ: އިޔާދު/ އަދަދު


އެންމެ ތަރުހީބު ކުޑަ މަޖިލިސް އިންތިހާބު, ވޯޓުލީ އެންމެ 75 ޕަސެންޓު މީހުން

21 އޭޕްރީލް 2024 - 22:02 0

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 75 ޕަސެންޓު މީހުން ވޯޓުލުމާ އެކު މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ މިހާތަނަށް އައި އެންމެ ތަރުހީބު ދަށް އިންތިހާބަށް ވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް 93 މެންބަރުން ހޮވުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުގެ ވޯޓުލުން ނިންމާލިއިރު, ވޯޓުލާން ނިކުތީ އެ ހައްގު ލިބޭ އެންމެ 75 ޕަސަންޓު މީހުންނެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 284،663 މީހުންނަށެވެ. އޭގެ ތެރެއިން ވޯޓުލާން ނިކުތީ 215,860 މީހުންނެވެ.

މީގެ ކުރިން 2009 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 166،105 މީހުން ވޯޓުލި އެވެ. އެއީ ވޯޓުލާން ހައްގު އޮންނަ އާބާދީގެ 78.15 ޕަސެންޓު މީހުންނެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ އިންތިހާބުގައި ވޯޓު ދިނީ 189،642 މީހުންނެވެ. އެއީ ހައްގު ލިބުނު މީހުންގެ ތެރެއިން 78.80 ޕަސެންޓު މީހުންނެވެ.

ދެން 2019 ވަނަ އަހަރު ވޯޓު ދިނީ 215،053 މީހުންނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބުނު މީހުންގެ ތެރެއިން 81.3 ޕަސެންޓު މީހުންނެވެ. އެއީ ފެހި ގާނޫނު އަސާސިގެ ފަހުން އެންމެ ބޮޑު ތަރުހީބެއް ލިބުނު މަޖިލިސް އިންތިހާބެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތަރުހީބު ނުލިބުނުއިރު, އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ވޯޓުލާން ނިކުތީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 79 ޕަސަންޓު މީހުންނެވެ.