Advertisement

މަޖިލީހުގެ ރައީސް އަސްލަމަށް ވެސް، ހަތަރު ދައުރަށް ފަހު ގޮނޑިގެއްލިއްޖެ

21 އޭޕްރީލް 2024 - 22:07 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަސްލަމް. އަސްލަމްއަށް ވަނީ ހިތަދޫ އިތުރު ދާއިރާޣެ ގޮނޑި ގެއްލިފައި -- ފޮޓޯ: މަޖިލިސް


މަޖިލީހުގެ ރައީސް އަސްލަމަށް ވެސް، ހަތަރު ދައުރަށް ފަހު ގޮނޑިގެއްލިއްޖެ

21 އޭޕްރީލް 2024 - 22:07 0

ރައްތިޔުންގެ މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަކޮއްފައިވާ އެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލިއްޖެ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މެންބަރުން ހޮވަން މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު މުހައްމަދު ސިނާން (ސިނާ) އެވެ. މި ދާއިރާގެ ގޮނޑި ޕީއެންސީން ކާމިޔާބު ކުރި މިއީ ފުރަތަމަ ފަހަރެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރީ ޖުމްލަ ހަތް ކެންޑިޑޭޓުންނެވެ. އެއީ ގޮނޑި ކާމިޔާބުކުރެއްވި މުހައްމަދު ސިނާންގެ އިތުރުން އަސްލަމް އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އިމްދާދު ޒުބެއިރާއި އަހުމަދު ސައީދާއި މުހައްމަދު މިރުޒާގާއި ޝަބީނާ އިބްރާހިމް ދީދީއާއި ޝަޒީމާ ރަޝީދެވެ.

މިހާރުގެ މަޖިލީހުގައި އައްޑުގެ ހަތް ދާއިރާ ވެސް ތަމްސީލުކުރަނީ އެމްޑީޕީގެ ހަތް މެމްބަރުންނެވެ. ނަމަވެސް، މިއަދުގެ އިންތިހާބުން އެ ޕާޓީއަށް ކާމިޔާބުކުރެވުނީ މަރަދޫ ދާއިރާ އެކަންޏެވެ.

ރައްތިންގެ މަޖިލީހުގެ މިހާރުގެ ރައީސް އަސްލަމަކީ މަޖިލީހުގެ އެންމެ ދުވަސްވީ އެއް މެމްބަރެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި އަސްލަމް ހަވާލުވެވަޑައިގަތީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމުން، މިދިޔަ ނޮވެމްބަރު މަހުގަ އެވެ.