Advertisement

ވޯޓުފޮށިތައް ބަންދުކުރަން ފެށިއިރު ވޯޓުލީ 73 ޕަސަންޓު މީހުން، ޓާންއައުޓް އެންމެ ދަށް އިންތިހާބަށް ވެދާނެ

21 އޭޕްރީލް 2024 - 18:01 0

ނިމާ ހަސަން

ނިމާ ހަސަން

ވޯޓު ފޮއްޓެއް ބަންދުކޮށްފައި; ވޯޓުފޮށިތައް ބަންދުކުރަން ފެށިއިރު ވޯޓުލީ 73 ޕަސަންޓު މީހުން -- ފޮޓޯ: އަދަދު


ވޯޓުފޮށިތައް ބަންދުކުރަން ފެށިއިރު ވޯޓުލީ 73 ޕަސަންޓު މީހުން، ޓާންއައުޓް އެންމެ ދަށް އިންތިހާބަށް ވެދާނެ

21 އޭޕްރީލް 2024 - 18:01 0

ވިހި ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ފޮށިތައް ބަންދުކުރަން ފެށިއިރު, ވޯޓުލާން ނިކުތީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން އެންމެ 73 ޕަސަންޓު މީހުންނެވެ.

އެހެންކަމުން މިއީ ގިނަ ޕާޓީ ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ފެށި ފަހުން އެންމެ މަދުން މީހުން ވޯޓުލާން ނުކުތް އިންތިހާބަށް ވެދާނެ އެވެ. ނަމަވެސް ފޮށިތައް އެއްކޮށް ބަންދުކޮށް އަދި ނުނިމެ އެވެ.

ވޯޓު ފޮށިތައް ބަންދުކުރަން ފެށީ ހަވީރު 5:30 ގަ އެވެ. އެ ވަގުތާ ހަމައަށް 73 ޕަސަންޓު މީހުން ވޯޓުލީއިރު, ބައެއް ފޮށިތަކުގެ ކިއޫގައި މީހުން އަދިވެސް އެބަ ތިއްބެވެ. އެއީ ގާތްގަނޑަކަށް 208،942 މީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި 5:30 ގެ ކުރިން ވޯޓުލާން ކިއޫއަށް އަރާ މީހުންނަށް, އެ ކިއޫގައި ތިބި މީހުން ވޯޓުލާ ނިމެންދެން ފުރުސަތު އޮންނާނެ އެވެ. އަދި އެ ވަގުތަށްފަހު އިތުރަށް ކިއޫއަކަށް ނޭރޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

ފެހި ގާނޫނު އަސާސިގެ ފަހުން 2009 ގައި ބޭއްވި އިންތިހާބުގައި ޓާންއައުޓް ހުރީ 78 ޕަސެންޓުގަ އެވެ. 2014 ގައި ވެސް 78 ޕަސެންޓުގައި ހުރިއިރު 2019 ގައި އެ އަދަދު 81 ޕަސެންޓަށް އިތުރުވި އެވެ.

އެހެންކަމުން, މިފަހަރުގެ އިންތިހާބު މިއީ އެންމެ މަދުން ވޯޓުލާން މީހުން ނިކުތް އިންތިހާބެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ގޮނޑިއަށް މީހުން އިންތިހާބު ކުރާނެ އެވެ. މި އިންތިހާބުގައި 369 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އާބާދީއަކީ 284،663 އެވެ.

މީގެ ކުރިން 2009 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 166،105 މީހުން ވޯޓުލި އެވެ. އެއީ ވޯޓުލާން ހައްގު އޮންނަ އާބާދީގެ 78.15 ޕަސެންޓު މީހުންނެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ އިންތިހާބުގައި ވޯޓު ދިނީ 189،642 މީހުންނެވެ. އެއީ ހައްގު ލިބުނު މީހުންގެ ތެރެއިން 78.80 ޕަސެންޓު މީހުންނެވެ. ދެން 2019 ވަނަ އަހަރު ވޯޓު ދިނީ 215،053 މީހުންނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބުނު މީހުންގެ ތެރެއިން 81.3 ޕަސެންޓު މީހުންނެވެ.