Advertisement

ވޯޓުލާ ވަގުތު ނިމި، ފޮށިތައް ބަންދުކުރަން ފަށައިފި

21 އޭޕްރީލް 2024 - 17:43 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބެހެއްޓި ވޯޓުފޮށްޓެއް ބަންދުކުރަނީ. ފޮޓޯ: އިޔާދު އަބްދުލް ވައްހާބް/އަދަދު


ވޯޓުލާ ވަގުތު ނިމި، ފޮށިތައް ބަންދުކުރަން ފަށައިފި

21 އޭޕްރީލް 2024 - 17:43 0

ރައްްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުގައި ވޯޓުލުމުގެ ވަގުތު ހަމަވެ، ވޯޓު ފޮށިތައް ބަންދުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފައިވާ ގޮތުގައި އެކޮމިޝަނުން ނިންމާފައި އޮތީ މިފަހަރު ވޯޓުލާން ފެށުން ލަސްވިޔަސް ނިންމާ ގަޑި ބަދަލުނުކުރާ ގޮތަށް ކަމަަށެވެ. އެ ނިންމުމާ އެއްގޮތަށް ފޮށިތައް ބަންދުކުރާނެ ކަމަށް އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ މީގެ ކުޑަ އިރުކޮޅެއް ކުރިން "އަދަދު"އަށް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން 5:00 އާ ހަމައަށް 207,693 އަށް ވުރެ ގިނަ މީހުން ވޯޓުލައިފައި ވެ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 72.96 ޕަސެންޓެވެ.

ވިހި ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްގެންދިޔައީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 ގެ ނިޔަލަށެވެ. ކިއުގައި މީހުން ތިބިނަމަ އެ ބޭފުޅުންނަށް ވޯޓުލެވޭނެ ކަމަށް އީސީން ބުނެ އެވެ.

ފެހި ގާނޫނު އަސާސިގެ ފަހުން 2009 ގައި ބޭއްވި އިންތިހާބުގައި ޓާންއައުޓް ހުރީ 78 ޕަސެންޓުގަ އެވެ. 2014 ގައި ވެސް 78 ޕަސެންޓުގައި ހުރިއިރު 2019 ގައި އެ އަދަދު 81 ޕަސެންޓަށް އިތުރުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ. މި އިންތިހާބުގައި 369 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އާބާދީއަކީ 284،663 އެވެ.