Advertisement

ވޯޓު ފޮށިތައް ބަންދުކުރަން ދެ ގަޑިއިރަށް ވީއިރު ވޯޓުލީ 56 ޕަސަންޓު މީހުން

21 އޭޕްރީލް 2024 - 16:03 0

ނިމާ ހަސަން

ނިމާ ހަސަން

މިއަދު ކުރިއަށްދާ މަޖިލިސް އިންތިހާބުގައި މީހަކު ވޯޓުލަނީ; ތިނެއް ޖެހުމާ ހަމައަށް 56 ޕަސަންޓު މީހުން ވޯޓުލި -- ފޮޓޯ: އިޔާދު/ އަދަދު


ވޯޓު ފޮށިތައް ބަންދުކުރަން ދެ ގަޑިއިރަށް ވީއިރު ވޯޓުލީ 56 ޕަސަންޓު މީހުން

21 އޭޕްރީލް 2024 - 16:03 0

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 3:00 އާ ހަމައަށް 160،000 އަށް ވުރެ ގިނަ މީހުން ވޯޓުލައިފި އެވެ.

އިލެކްޝަން ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން 8:00 ގައި ފެށުމާއެކު، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 56 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 77,227 އަންހެނުންނާއި 82,931 ފިރިހެނުންނެވެ.

ވިހި ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދާނި ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 ގެ ނިޔަލަށެވެ.

ފެހި ގާނޫނު އަސާސިގެ ފަހުން 2009 ގައި ބޭއްވި އިންތިހާބުގައި ޓާންއައުޓް ހުރީ 78 ޕަސެންޓުގަ އެވެ. 2014 ގައި ވެސް 78 ޕަސެންޓުގައި ހުރިއިރު 2019 ގައި އެ އަދަދު 81 ޕަސެންޓަށް އިތުރުވި އެވެ.

މިވަގުތު ޓާންއައުޓް ހުރިވަރުން ވޯޓުލުން ބަންދުކުރުމާ ހަމައަށް ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 80 ޕަސެންޓަށްވުރެ ގިނަ މީހުން ވޯޓުލާނެ ކަމަށް ބެލެވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ގޮނޑިއަށް މީހުން އިންތިހާބު ކުރާނެ އެވެ. މި އިންތިހާބުގައި 369 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އާބާދީއަކީ 284،663 އެވެ.