Advertisement

ވޯޓުލާ ސަރަހައްދުތަކާއި އާންމު ތަންތަނުގައި ކެންޑިޑޭޓުން އާންމުންނާ ބައްދަލު ނުކުރަން އަންގައިފި

21 އޭޕްރީލް 2024 - 14:56 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ވޯޓުލާ މަރުކަޒެއްގެ ބޭރުގައި ބަޔަކު ހަރަކާތްތެރިވަނީ. ބައެއް ސަރަހައްދުތަކުގައި ކެމްޕޭން ކުރުމުގެ މައްސަލަތަކެއް އީސީއަށް ވަނި ފާހަގަކުރެވިފައި --- ފޮޓޯ: އަދަދު


ވޯޓުލާ ސަރަހައްދުތަކާއި އާންމު ތަންތަނުގައި ކެންޑިޑޭޓުން އާންމުންނާ ބައްދަލު ނުކުރަން އަންގައިފި

21 އޭޕްރީލް 2024 - 14:56 0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު ވޯޓުލާ ސަރަހައްދުތަކާއި އާންމު ތަންތަނުގައި ކެންޑިޑޭޓުން އާންމުންނާ ބައްދަލު ނުކުރަން އިލެކްޝަންސް ކޮމިޝަނުން އަންގައިފި އެވެ.

ކޮމިޝަނުން ބައެއް ކެންޑިޑޭޓުންގެ އެޖެންޓުންނަށް ފޮނުވި މެސެޖެއްގައި ބުނެފައި އޮތީ އާންމު ތަންތަނާއި ވޯޓުލާ ސަރަހައްދުގައި ކެންޑިޑޭޓުން އާންމުންނާ ބައްދަލު ކުރާ ނަމަ އެކަން ބެލެވޭނީ ކެމްޕެއިން ކުރުމުގެ ގޮތުގައި ކަމަށެވެ.

"ވޯޓުލާ މަރުކަޒުތައް ކައިރީގައި އަދި އާންމު ތަންތަނުގައި އާންމުންނާ ބައްދަލުކޮށް ހަރަކާތްތެރިވާ ނަމަ އެކަން ބެލޭވޭނީ ކެމްޕެއިންގެ ހަރަކާތެއްގެ ގޮތުގައި. މިފަދަ ކަންކަން ނުކުރުމަށް ހުރިހާ ކެންޑިޑޭޓުންނަށް އިލްތިމާސްކުރަން،" އެ މެސެޖުގައި ބުނެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެފަދަ މައްސަލަތައް ތަކުރާރުވާ ނަމަ އެ ކޮމިޝަނުން ކެންޑިޑޭޓުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި ކެންޑިޑޭޓުން ކެމްޕެއިން ކުރުމުގެ ބައެއް މައްސަލަތައް ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ވަނީ ލިބިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ގޮނޑިއަށް މީހުން އިންތިހާބު ކުރާނެ އެވެ. މި އިންތިހާބުގައި 369 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އާބާދީއަކީ 284،663 އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ހިސާބުތައް ދައްކާ ގޮތުން މެންދުރު 1:00 އާ ހަމައަށް ވޯޓުލީ ގާތްގަނޑަކަށް 40 ޕަސެންޓު މީހުންނެވެ. ހަވީރު 5:30 އާ ހަމައަށް ވޯޓުލުން ކުރިއަށްގެންދާނެ އެވެ.