Advertisement

ހަތަރު ޕަސެންޓު މަރުކަޒު ހުރީ ވޯޓުގެ ސިއްރުކަން ގެއްލިދާނެ ފަދަ ގޮތަކަށް: ޓްރާންސްޕޭރެންސީ

21 އޭޕްރީލް 2024 - 14:20 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މާލޭގެ ދަނޑެއްގައި ބަހައްޓާފައިވާ ވޯޓުލާ މަރުކަޒުތައް: ހަތަރު ޕަސެންޓު މަރުކަޒުތައް ހުރީ ވޯޓުގެ ސިއްރުކަން ގެއްލިދާނެ ފަދަ ގޮތަކަށް ކަމަށް ބުނި - ފޮޓޯ: އިޔާދު އަބްދުއްވައްހާބް / އަދަދު


ހަތަރު ޕަސެންޓު މަރުކަޒު ހުރީ ވޯޓުގެ ސިއްރުކަން ގެއްލިދާނެ ފަދަ ގޮތަކަށް: ޓްރާންސްޕޭރެންސީ

21 އޭޕްރީލް 2024 - 14:20 1

މިއަދު މުޅި ރާއްޖޭގައި ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބަހައްޓާފައިވާ ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން ހަތަރު ޕަސެންޓު މަރުކަޒުތައް ހުރީ ވޯޓުގެ ސިއްރުކަން ގެއްލިދާނެ ފަދަ ގޮތަކަށް ކަމަށް، އިންތިހާބު އޮބްޒާވް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ޖަމިއްޔާ، ޓްރާންސްޕޭރެންސީން ބުނެފި އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެކްސް އެކައުންޓުން ކުރި ޕޯސްޓްތަކުގައި މިހާތަނަށް އެ ޖަމިއްޔާއަށް ފާހަގަ ކުރެވުނު އިރު ބައެއް ވޯޓުލާ މަރުކަޒު ތަރުތީބުކޮށްފައިވާ ގޮތުގެ، ވޯޓުގެ ސިއްރުކަން ހިފެހެއްޓުމުގެ ފުރުސަތު ކުޑަވެދާނެ ކަމަށެވެ. އެ ފަދަ ގޮތަކަށް ހަތަރު ޕަސެންޓު މަރުކަޒު ހުރި ކަމަށް އޭގައިވެ އެވެ.

މީގެ އިތުރުން 95 ޕަސެންޓް ވޯޓުލާ މަރުކަޒުތަކުގައި ފުލުހުންގެ ސެކުއިރިޓީ ހަމަޖައްސާފައިވާ ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ. އަދި 89.3 ޕަސެންޓް ވޯޓު ލާ މަރުކަޒުތަކުގައި، ވޯޓު ލުން ފަށަން ހަމަޖެހިފައިވާ ވަގުތަށް ވޯޓު ލާން ފަށާފައިވާ ކަމަށް ޓްރާންސްޕޭރެންސީން ޕޯސްޓްކޮށްފައިވެ އެވެ.

އަދި 99 ޕަސެންޓް ވޯޓުލާ މަރުކަޒުތަކުގައި، ވޯޓު ކަރުދާސްތަކުގައި އެއްވެސް ނިޝާނެއް އަދި އެހެން އެއްޗެއް ވެސް ކުރަހާފައި ނެތް ކަން ޔަގީންކޮށްފައިވާ ޓްރާންސްޕޭރެންސީން ބުންޏެވެ.

ވިިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރާއިރު 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. 284،663 މީހުނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާއިރު މިއަދު މެންދުރުފަހު 1:00 ޖެހުމާ ހަމައަށް 113،627 މީހުން ވޯޓު ލާފައިވެ އެވެ.