Advertisement

ވޯޓުލުމަށް ހަމަޖައްސާފައި ވަނީ ރަނގަޅު އިންތިޒާމްތަކެއް: އެޗްއާރްސީއެމް

21 އޭޕްރީލް 2024 - 14:21 0

ނިމާ ހަސަން

ނިމާ ހަސަން

ހާއްސަ އެހީއަށް ބޭނުންވާ މީހަކު އެކަނި ގޮސް ވޯޓުލަނީ; އިންތިހާބުގެ އިންތިޒާމުތައް ރަނގަޅު ކަމަށް އެޗްއާރްސީއެމުން ބުނޭ -- ފޮޓޯ: އިޔާދު/ އަދަދު


ވޯޓުލުމަށް ހަމަޖައްސާފައި ވަނީ ރަނގަޅު އިންތިޒާމްތަކެއް: އެޗްއާރްސީއެމް

21 އޭޕްރީލް 2024 - 14:21 0

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ހަމަޖައްސާފައި ވަނީ ރަނގަޅު އިންތިޒާމްތަކެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އިންތިހާބު އޮބްޒާވްކުރުމުގެ ތެރެއިން މިހާތަނަށް ފާހަގަވިކަންކަން ހިއްސާ ކުރުމުން އެޗްއާރްސީއެމުން ބުނީ ވޯޓުލާ ހުރިހާ ސަރަހައްދެއްގައި ވެސް ވޯޓުލާ މަރުކަޒު ފާހަގަވާގޮތަށް ދާންވާ މަގު އަންގައިދިނުމަށް ރަނގަޅު އިންތިޒާމްތަކެއް ހަމަޖެހިފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އިންތިހާބުގެ ވޯޓުލުން ފެށުމަށް ކަނޑައެޅި ވަގުތުގައި ވޯޓުލާން ފެށީ 77 މަރުކަޒުގައި ކަމަށެވެ. އަދި ބާކީ 33 މަރުކަޒުގ ވޯޓުލުން ލަސްވީ އޮފިޝަލުން ވާންޖެހޭ ތައްޔާރީތައްވުމުގައި ލަސްވެގެންކަން ފާހަގަކޮށް އެޗްއާރްސީއެމުން ބުނީ އޮބްޒާވް ކުރި ފޮށިތަކުގެ ތެރެއިން އެންމެ ލަހުން ވޯޓުލުން ފެށުނު ވަގުތަކީ 8:35 ކަމަށެވެ.

ވޯޓުލުން ފެށިގެން ހަ ގަޑިއިރު ވީއިރު, މިހާތަނަށް މައްސަލަތަކެއް ފާހަގަކުރެވިފައެއި ނުވާ ކަމަށާއި, ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްދާ ކަމަށް ވެސް އެޗްއާރްސީއެމުން ބުނެ އެވެ.

މިއަދު 13:00 އާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 113,000 މީހުން ވަނީ ވޯޓުލާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ގޮނޑިއަށް މީހުން އިންތިހާބު ކުރާނެ އެވެ. މި އިންތިހާބުގައި 369 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އާބާދީއަކީ 284،663 އެވެ.