Advertisement

ވޯޓުލުން ކުރިއަށް ދަނީ އޮމާންކޮށް، ބޮޑު ޝަކުވާއެއް ނެތް: އީސީ

21 އޭޕްރީލް 2024 - 12:21 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން މިއަދު ކުރިއަށް ގެންދާ އިންތިހާބުގައި ވޯޓުލުން ކުރިއަށް ދަނީ. ފޮޓޯ: އިޔާދު އަބްދުލް ވައްހާބް/އަދަދު


ވޯޓުލުން ކުރިއަށް ދަނީ އޮމާންކޮށް، ބޮޑު ޝަކުވާއެއް ނެތް: އީސީ

21 އޭޕްރީލް 2024 - 12:21 0

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން މިއަދު ކުރިއަށް ގެންދާ އިންތިހާބުގައި ވޯޓުލުން ކުރިއަށް ދާއިރު މިހައިތަނަށް، ބޮޑު މައްސަލައެއް ކުރިމަތިނުވާ ކަމަށާއި ޝަކުވާތައް ވެސް މަދު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ މެމްބަރު އަދި އެ ކޮމިޝަނުގެ ތަރުޖަމާނު ހަަސަން ޒަކަރިއްޔާ "އަަދަދު" އަށް ވިދާޅުވީ ހުށަހެޅި ކުދިކުދި ޝަކުވާތައް ކަމަށާއި ބޮޑު މައްސަލައެއް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ. އެ ކޮމިޝަންގެ ކޮމްޕްލެއިންސް ބިއުރޯއަށް މިހައިތަނަށް ލިބިފައި ވަނީ ވޯޓުލައި ނިމިގެން ޕޯލިން ސްޓޭޝަނުގައި މަޑުކުރުމާއި މީހުންނާ ސަލާމް ކުރުން ފަދަ ކަންތައްތަކުގެ ޝަކުވާތައް ކަމަށެވެ.

"އަނެއްހެން މޭޖާ، މާ ބޮޑު ކަމެއް ނެތް ފާހަގަކުރެވިފައެއް މިވަގުތާ ހަމައަށް، ޝަކުވާގެ ގޮތުގައެއް. ދެން ވޯޓު ކަރުދާސް ދެއްކުމުގެ ޝަކުވާތަކެއް އެބަ އުޅޭ އެއީ ފައްނުޖަހައި ފޮށްޓަށް ލާކަމުގެ ޝަކުވާ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަދަ ޝަކުވާތައް ވެސް ލިބުނީ ވަރަށް މަދުންނެވެ.

މިއަދު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާއިރު، އެ ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މިއަދުގެ އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓަ އެވެ. މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓަ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ.

ރާއްޖޭގައި ވޯޓުލާން ފަށާނީ ހެނދުނު 8:00 ގަ އެވެ. ވޯޓުލުން ނިންމާނީ ހަވީރު 5:30 ގަ އެވެ.