Advertisement

އިންތިހާބުގައި ވޯޓުލާން ކިއޫގައި ޖެހެން ފަށައިފި

21 އޭޕްރީލް 2024 - 07:34 0

ނިމާ ހަސަން

ނިމާ ހަސަން

މިއަދުގެ އިންތިހާބުގައި ވޯޓުލާން މީހުން ވޯޓުލާ މަރުކަޒު ކައިރީގައި ކިއޫގައި ޖެހިގެން -- ފޮޓޯ: އިޔާދު/ އަދަދު


އިންތިހާބުގައި ވޯޓުލާން ކިއޫގައި ޖެހެން ފަށައިފި

21 އޭޕްރީލް 2024 - 07:34 0

މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް މީހުން ކިއޫގައި ޖެހެން ފަށައިފި އެވެ.

ވިހި ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދާނި ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 ގެ ނިޔަލަށެވެ.

މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާއިރު، އެ ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މިއަދުގެ އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓަ އެވެ. މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓަ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ.

މިއަދު މުޅި ރާއްޖޭގައި ކުރިއަށްދާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް އެންމެ ގިނަ މީހުން ވޯޓުލާނެ އަދި އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާފައިވާ މާލެ ސަރަހައްދަށް މޫސުން ރީތިވާނެ ކަމަށާއި މުޅި ދުވަސް އޮންނާނީ އަވިގަދަ، ރީތި ދުވަހެއްގެ ގޮތުގައި ކަމަށް މެޓް އޮފީހުން ބުނެ އެވެ.