Advertisement

ެއެތުލެޓިކްސްގެ ރަން މެޑަލް އަށް އޮލިމްޕިކްސްގައި ފައިސާގެ އިނާމު ދޭތީ ފެޑަރޭޝަންތަކުގެ ކަންބޮޑުވުން

20 އޭޕްރީލް 2024 - 16:35 0


ެއެތުލެޓިކްސްގެ ރަން މެޑަލް އަށް އޮލިމްޕިކްސްގައި ފައިސާގެ އިނާމު ދޭތީ ފެޑަރޭޝަންތަކުގެ ކަންބޮޑުވުން

20 އޭޕްރީލް 2024 - 16:35 0

ޕެރިސް (އޭޕްރީލް 20) - އޮލިމްޕިކްސްގެ އެތުލެޓިކްސް އިވެންޓުތަކުގައި ރަން މެޑަލް ހޯދާ އެތުލީޓުންނަށް ދުނިޔޭގެ އެެތުލެޓިކްސް ޖަމިއްޔާ އިން ފައިސާގެ އިނާމު ދޭތީ އެހެން ކުޅިވަރު ފެޑަރޭޝަންތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މި އަހަރުގެ އޮލިމްޕިކްސް އިން ފެށިގެން، އެތުލެޓިކްސް އިވެންޓުތަކުގައި ރަން މެޑަލް ހޯދާ އެތުލީޓުންނަށް ފައިސާގެ އިނާމު ދޭނެ ކަމަށް ވޯލްޑް އެތުލެޓިކްސް އިން ވަނީ ހުސްވި ހަފުތާގައި އިއުލާންކޮށްފައެވެ. ވޯލްޑް އެތުލެޓިކްސްގެ އަކީ އޮލިމްޕިކްގެ އިވެންޓެއްގައި ފައިސާގެ އިނާމު ހުށަހެޅި ފުރަތަމަ ކުޅިވަރު ފެޑަރޭޝަނެވެ.

ވޯލްޑް އެތުލެޓިކްސް އިން ނިންމާފައިވަނީ މި އަަހަރުގެ އޮލިމްޕިކްސްގައި އެތުލެޓިކްސްގެ އިވެންޓުތަކުން ރަން މެޑަލް ހޯދާ އެތުލުޓީނުންނަށް ފައިސާގެ އިނާމުގެ ގޮތުގައި 50،000 ޑޮލަރު ދޭށެވެ. އަދި 2028 ވަނަ އަހަރުގެ އޮލިމްޕިކްސް އިން ފެށިގެން ރިހި މެޑަލް އަދި ލޯ މެޑަލް ހޯދާ އެތުލީޓުންނަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމައިފައެވެ.

އެކަމަކު މި ނިންމުމާމެދު އެހެން ކުޅިވަރު ފެޑަރޭޝަންތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެސޯސިއޭޝަން އޮފް ސަމާ އޮލިމްޕިކް ފެޑަރޭޝަންސް (އޭއެސްއޯއައިއެފް) އިން ބުނީ ވޯލްޑް އެތުލެޓިކްސް އިން ފައިސާގެ އިނާމު ދޭން ނިންމީ އެ ޖަމިއްޔާ އަށް "އަންގާވެސް ނުލައި އަދި މަޝްވަރާވެސް ނުކޮށް" ކަމަށެވެ.

"އެއްވެސް ފަރާތުން އޮލިމްޕިކްގެ ގޯލްޑް މެޑަލް އަގުކޮށްގެންނުވާނެ. ހުރިހާ ކުޅިވަރަކުން މި ގޮތަށް ފައިސާގެ އިނާމު ނުދެވޭނެ އަދި ދީގެންވެސް ނުވާނެ. ފައިސާގެ އިނާމު ދިނުމަކީ އެއްބައިވަންތަކަމުގެ ރޫހާ ހިލާފު، އަދި މިހާތަނަށް ހިފަހައްޓަމުންދާ އުސޫލުތަކާ ހިލާފު ކަމެއް،" އޭއެސްއޯއައިއެފް އިން ބުންޏެވެ.

އޭއެސްއޯއައިއެފް އިން ބުނީ އޮލިމްޕިކްސް އިން ލިބޭ ފައިސާ ފެޑަރޭޝަންތަކުން އިންވެސްޓްކުރަންވާނީ އެ ކުޅިވަރު ކުރިއެރުވުމަށް ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އެ ޖަމިއްޔާގެ ކަންބޮޑުވުންތައް ވޯލްޑް އެތުލެޓިކްސް އަށް އަންގާނެ ކަމަށާއި އެ ޖަމިއްޔާގެ މެމްބަރުންނާއި އިންޓަނޭޝަލް އޮލިމްޕިކް ކައުންސިލް (އައިއޯސީ) އާ މަޝްވަރާކުރާނެ ކަމަށެވެ.

އޮލިމްޕިކްސްގައި އައިއޯސީ އިން ފައިސާގެ އިނާމެއް ނުދެއެވެ. އެހެން ނަމަވެސް އޮލިމްޕިކްސް އިން ލިބޭ އާމްދަނީގެ ބައެއް ބައިނަލްއަޤްވާމީ ފެޑަރޭޝަންތަކާއި ގައުމުތަކުގެ އޮލިމްޕިކް ކޮމެޓީތަކަށް ފޯރުކޮށްދެއެވެ.

އޭއެސްއޯއައިއެފްގެ ކަންބޮޑުވުންތަކާ ގުޅިގެން ވޯލްޑް އެތުލެޓިކްސް އިން ބުނީ އޮލިމްޕިކްގެ ރަން މެޑަލްއެއް އަގުނުކުރެވޭނެ ކަމަށް އެ ޖަމިއްޔާ އިންވެސް ގަބޫލްކުރާ ކަމަށެވެ. އެކަމަކު އެތުލެޓިކްސްގެ އިވެންޓްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެންމެ މުހިންމު ރޯލެއް އަދާކުރާ އެތުލީޓުންނަށް ފައިސާގެ ބައެއް ލިބުމަކީ މުހިންމު ކަމެއް ކަމަށެވެ.

ވޯލްޑް އެތުލެޓިކްސް އިން ބުނީ އެ ޖަމިއްޔާ އަށް ލިބޭ އާމްދަނީ 80 އިންސައްތަ ދާނީ އެ ކުޅިވަރުގެ ތެރެއަށް ކަމަށެވެ.

އެކަަމަކު ވޯލްޑް އެތުލެޓިކްސްގެ ނިންމުމަށް އެތުލެޓިކްސްގެ އެތުލީޓުން ވަނީ ތާއީދުކޮށްފަ އެވެ.