Advertisement

ރެއާލުގެ ކުޅުންތެރިންނަށް އޮލިމްޕިކްސްގައި ނުކުޅެވިދާނެ

25 މާރިޗު 2024 - 10:41 0


ރެއާލުގެ ކުޅުންތެރިންނަށް އޮލިމްޕިކްސްގައި ނުކުޅެވިދާނެ

25 މާރިޗު 2024 - 10:41 0

މެޑްރިޑް (މާޗް 25) - ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަށް މި އަންނަ ހޫނު މޫސުމުގައި ކުރިއަށްދާ މުބާރާތްތަކުގެ ތެރެއިން ކުޅެވެނީ އެއް މުބާރާތުގައި ކަން އެ ޓީމުން ގައުމީ ޓީމުތަކަށާއި ކުޅުންތެރިންނަށް އަންގައިފި އެވެ.

އަންނަ ހޫނު މޫސުމުގައި ބައިނަލްއަގްވާމީ ދެ މުބާރާތެއް ކުރިއަށްދާނެ އެވެ. އެއީ ޔޫރަޕަށް ނިސްބަތްވާ ކުޅުންތެރިންނަށް ޔޫރޯގެ އިތުރުން ފްރާންސްގެ ޕެރިސްގައި ކުރިއަށްދާ އޮލިމްޕިކްސް އެވެ. އަދި ދެކުނު އެމެރިކާ ކުޅުންތެރިންނަށް ކޮޕަ އެމެރިކާގެ އިތުރުން އޮލިމްޕިކްސް އެވެ.

މި އެންގުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވާނީ ބްރެޒިލްގެ އިތުރުން ފްރާންސް އަށެވެ. އަދި އިންގްލަންޑަށްވެސް މުހިންމު ކުޅުންތެރި އެއް ގެއްލޭނެ އެވެ.

ފްރާންސްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ތިއެރީ އޮންރީ ބުނީ ރެއާލުގެ މެއިލް ލިބިފައިވާ ކަމަށެވެ. އަދި މިއީ އައިސްދާނެ އެންގުމެއް ކަން ކުރިންވެސް ވިސްނައިގެން ތިބި ކަމަށާއި, އެކަމަކު މި އެންގުމުގެ ސަބަބުން އެ ޓީމުން މުހިންމު ގިނަ ކުޅުންތެރިންތަކެއް ގެއްލޭނެ ކަމަށެވެ.

މި އެންގުމުގެ ސަބަބުން ރެއާލުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ކަމަވިންގާ އަދި ޗުއެމޭނީ އަށް ޔޫރޯ ނުވަތަ އޮލިމްޕިކް ގޭމްސްގެ ތެރެއިން ކުޅެވޭނީ ކޮންމެސް އެއް މުބާރާތެކެވެ. ބެލެވޭ ގޮތުގައި މި ކުޅުންތެރިން ކުޅޭނީ ޔޫރޯ އެވެ. މީގެ އިތުރުން މި ހޫނު މޫސުމުގެ ޓްރާންސްފާގައި ރެއާލަށް ބަދަލުވާން އުޅޭ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އަށްވެސް ރެއާލުން ވަނީ މި ނިންމުން އަންގާފަ އެވެ. އެހެންވެ, އެމްބާޕޭ އަށް ވެސް ކުޅެވޭނީ މި ދެ މުބާރާތުގެ ތެރެއިން ކޮންމެވެސް އެއް މުބާރާތަކު އެވެ.

އެކަމަކު އެމްބާޕޭ ވަނީ ދާދި ފަހުން އޭނާ އޮލިމްޕިކް ކުޅެން ބޭނުންވާ ކަން ހާމަކޮށްފަ އެވެ. އެކަމަކު، ރެއާލުން މި ނިންމި ނިންމުމަށް އެމްބާޕޭ އިހުތިރާމު ކުރާނެ ކަމަށް ބެލެވެ އެވެ.

ރެއާލުުގެ މި ނިންމުމާ އެކު, ބްރެޒިލްގެ ރޮޑްރީގޯ, ވިނީޝިއުސް އަދި އެންރިކް އަށް ވެސް ކުޅެވޭނީ ކޮޕަ އެމެރިކާ ނުވަތަ އޮލިމްޕިކްސް އެވެ. މި ކުޅުންތެރިން ވެސް އޭގެ ތެރެއިން ހިޔާރުކުރާނީ ކޮޕަ އެމެރިކާ ކަމަށް ބެލެވެ އެވެ.

ރެއާލުގެ ނިންމުމާ އެކު, އިންގްލަންޑް ސްކޮޑުގައި ހިމެނޭ ޒުވާން މިޑްފިލްޑަރު ޖޫޑް ބެލިންހަމް އަށް ވެސް ކުޅެވޭނީ ޔޫރޯ ނުވަތަ އޮލިމްޕިކްސް އެވެ.

ރެއާލުން ހާމަކުރި ގޮތުގައި އެ ޓީމުން މި ނިންމުން ނިންމީ, ހޫނު މޫސުމުގެ މުބާރާތްތަކަށް ފަހު ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ދިމާވާތީ އާއި, ކުޅުންތެރިންނަށް އަރާމު ކުރަން ވަގުތު ދޭން ބޭނުންވާތީ އެވެ.

ފީފާ ގަވައިދު ބުނާ ގޮތުން ގައުމީ ޓީމަށް ކުޅެން ކަނޑައެޅިފައިވާ މުއްދަތައް ކުޅުންތެރިންނަށް ކުލަބުން ރިލީސް ދޭން ޖެހެ އެވެ. އެކަމަކު، އޮލިމްޕިކްސް ގޭމްސް އަކީ އޭގެ ތެރޭގައި ހިމެނޭ ކުޅިވަރުގެ ހަރަކާތެއް ނޫނެވެ.