Advertisement

އެމްބާޕޭ އޮލިމްޕިކްސްގައި ކުޅެން ބޭނުންވޭ

23 މާރިޗު 2024 - 11:51 0


އެމްބާޕޭ އޮލިމްޕިކްސްގައި ކުޅެން ބޭނުންވޭ

23 މާރިޗު 2024 - 11:51 0

ޕެރިސް (މާޗް 23) - ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ މި އަހަރު އެ ގައުމުގެ، ޕެރިހުގައި ބާއްވާ އޮލިމްޕިކްސްގައި ކުޅެން ބޭނުންވާކަމަށް ބުނެފި އެވެ.

މި ސީޒަން ނިމުމުން، އެމްބާޕޭ, ސްޕެއިންގެ ރެއާލް މެޑްރިޑާއި ގުޅޭނެ ކަމަށް ބެލެވެ އެވެ. އަދި ރެއާލުން އޮތީ ޕީއެސްޖީއާ އެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން އެ ޓީމަށް އޭނާ ބަދަލުވުމުގެ ހުރިހާ ކަމެއް ފައިނަލް ކުރަން ތައްޔާރަށެވެ.

ފްރާންސްގެ ޕެރިހުގައި މި އަހަރުގެ ޖުލައި މަހު ފަށާ އޮލިމްޕިކްސްގައި ކުޅެން ބޭނުންވާކަން އެމްބާޕޭ ހާމަކުރިއިރު, ފްރާންސްގެ ފުޓުބޯޅަ ފެޑަރޭޝަނުން ބުނީ, އޮލިމްޕިކް ގޭމްސް އޮންނާތީ އެ ޓީމުގެ އެއްވެސް ކުޅުންތެރި އެއް, ޔޫރޯ އަށް ފަހު ދޫކޮށްނުލާނެ ކަމަށެވެ.

އެކަމަކު އެއީ އެމްބާޕޭ އަށް ބޮޑު ނިންމުމެއް ނިންމަން ޖެހޭ ދުވަސްވަރެކެވެ.

މިރޭ ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ އޭނާ އަބަދުވެސް އޮލިމްޕިކްސް ކުޅެން ބެނުންވާ ކަމަށެވެ.

"އަހަރެން އަބަދުވެސް ބޭނުންވޭ އޮލިމްޕިކްސް ކުޅެން. އެކަމަށް ތައްޔާރަށް މިހުރީ, އެކަމަކު އެއީ އަހަރެންގެ އެކަނި އަތްމަތީގައި އޮތް ކަމެއް ނޫން" އެމްބާޕޭ ބުންޏެވެ.

"އަހަރެންނަކަށް އެއްވެސް މީހަކު ނާންގާ އޮލިމްޕިކް ގޭމްސްގައި އަހަންނަށް ނުކުޅެވޭނެ ކަމަށް. މި ބުނީ އަހަރެންގެ ޓީމު ޕީއެސްޖީން އަހަންނަށް ނާންގާ ކަމަށް. އަހަރެން މިހުރީ ޕީއެސްޖީގެ ކޮންޓްރެކްޓެއްގައި. މިކަމާ ގުޅޭ ގޮތުން އަހަރެން އަދި ޕީއެސްޖީއާ އެކު މަޝްވަރާ އެއް ނުކުރަން" އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ ބުނީ އޭނާގެ ކުރިމަގު ބިނާވެފައި އޮތް ޓީމަކީ ކޮބައިކަން ޔޫރޯގެ ކުރިން ބުނާނެ ކަމަށެވެ. އަދި ރެއާލަށް ބަދަލުވާން އުޅޭކަމުގެ އެއްވެސް ވާހަކަ އެއް ބުނަން އެމްބާޕޭ ވަނީ ދެކޮޅު ހަދައިފަ އެވެ.