Advertisement

އިންތިހާބަށް ނުފޫޒު ފޯރުވާ ވާހަކައާ ގުޅިގެން ޕީއެންސީއަށް ގޯސްވީ އެޗްއާރުސީއެމް

20 އޭޕްރީލް 2024 - 15:04 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޕީއެންސީގެ ކެމްޕޭނު ތަރުޖަމާނު ހީނާ ވަލީދު މިއަދުގެ ޕްރެސްގައި ވާހަކަދައްކަވަނީ -- ފޮޓޯ: އިޔާދުއަބްދުލްވައްހާބް / އަދަދު


އިންތިހާބަށް ނުފޫޒު ފޯރުވާ ވާހަކައާ ގުޅިގެން ޕީއެންސީއަށް ގޯސްވީ އެޗްއާރުސީއެމް

20 އޭޕްރީލް 2024 - 15:04 0

މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވުމަށް މިހާރުގެ ސަރުކާރުން ކަންތައްތަކެއް ކުރަމުން ގެންދާ ކަމަށާއި ސަރުކާރު ހިންގާ ޕީއެންސީން ޑިމޮކްރެސީގެ ރޫހާ ހިލާފު އަމަލުތަކެއް ކުރަމުން ގެންދާތީ ހިއުމަން ރައިޓްސް ކޮމިޝަނުން އެކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާނާ ގުޅިގެން ޕީއެންސީން އެ ކޮމިޝަނަށް ފާޑު ކިޔައިފި އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭނާ ގުޅޭގޮތުން ޕީއެންސީން ސިލްސިލާކޮށް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެޗްއާރުސީއެމްގެ ބަޔާނާ ގުޅިގެން "އަދަދު" އިން މިއަދު އެ ޕާޓީގެ ކެމްޕޭނު ތަރުޖަމާނު، ހީނާ ވަލީދުއާ ސުވާލު ކުރުމުން ފުރަތަމަ ވާހަކަދެއްކެވީ މިދިޔަ ސަރުކާރާ ގުޅޭ ގޮތުންނެވެ.

ސުވާލު ކުރީ މި ސަރުކާރުން އަމަލު ކުރަމުންދާގޮތާމެދު ކަންބޮޑުވުން ފާޅުކޮށް އެޗްއާރުސީއެމުން ނެރުނު ބަޔާނާ ގުޅިގެން ކަމަށް ބުނެ ސުވާލު ތަކުރާރު ކުރުމުން ހީނާ ވަނީ އެޗްއާރުސީއެމްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"އަޅުގަނޑު ސުވާލު ކޮށްލަން ބޭނުންވޭ ، މިދިޔަ ސަރުކާރުގައި މިދިޔަ ވެރިކަމުގައި އެ ބޭފުޅުން އެކަން ކުރެއްވިއިރުގައި އެޗްއާރުސީއެމުން ބަޔާން ނުނެރުއްވީ ކީއްވެތޯއޭ، އެ ބޭފުޅުންގެ ވެރިކަމުގައި އެ ބޭފުޅުންގެ ސަރުކާރުގައި ހަގީގަތުގައި އެކަން އެންމެ ބޮޑަށް ކުރައްވާފައި އެއޮތީ،" އެޗްއާރުސީއެމްއަކީ އެމްޑީޕީގެ ނުފޫޒު އޮންނަ ކޮމިޝަނެއް ކަމަށް ތުހުމަތު ކުރައްވައި ހީނާ ވިދާޅުވި އެވެ.

ހީނާ އެހެން ވިދާޅުވި ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބު ތެރޭގައި ކަންކަން ހިނގައިދިޔަ ގޮތާ މެދު އޭރު އެޗްއާރުސީއެމުންނާއި ޓްރާންސްޕޭރެންސީން ވެސް ބަޔާން ނެރުނެވެ.

އެޗްއާރުސީއެމްއަށް ޕީއެންސީން ފާޑުކީއިރު، ސަރުކާރުގެ އަމަލުތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރީ އެ ކޮމިޝަނުން އެކަންޏެއް ނޫނެވެ. މާދަމާ އޮތް އިންތިހާބަށް ނުފޫޒު ފޯރާ ގޮތަށް ސަރުކާރުން އަމަލު ކުރަމުންދާ ކަމަށް ބުނެ އެކަމާ މެދު ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެޗްއާރުސީއެމްއާއި ޓްރާންސްޕޭރެންސީގެ ބަޔާނުގައި ވަނީ މެނިފެސްޓޯގައި ނެތް ވައުދުތައް އިންތިހާބާ ދިމާކޮށް ވަމުންދާކަމާއި ބޮޑެތި މަޝްރޫއުތަކަށް ކުއްލިއަކަށް ބަދަލު ގެންނަ މައްސަލައާއި އެސްއޯއީތައް މެދުވެރިކޮށް ވަޒީފާގެ ބިރު ދެއްކުމާއި ވަޒީފާ ދިނުން އަދި ޕްރޮމޯޝަންތައް ދީގެން ވޯޓަށް ނުފޫޒު ފޯރުވަމުންދާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.