Advertisement

މަޖިލީހުގެ ހުރިހާ ގޮނޑިތައް ލިބުމުން ރައްޔިތުންގެ ފުދުންތެރިކަން ޔަގީންވާނެ: ރައީސް މުއިއްޒު

19 އޭޕްރީލް 2024 - 00:03 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު: މަޖިލިސްގެ ހުރިހާ ގޮނޑިއެއް ލިބުމުން ފުދުންތެރިކަން ޔަގީންވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މަޖިލީހުގެ ހުރިހާ ގޮނޑިތައް ލިބުމުން ރައްޔިތުންގެ ފުދުންތެރިކަން ޔަގީންވާނެ: ރައީސް މުއިއްޒު

19 އޭޕްރީލް 2024 - 00:03 0

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިތައް ވެރިކަންކުރާ ޕީއެންސީއަށް ލިބުމުން ރައްޔިތުންގެ ފުދުންތެރިކަން ޔަގީންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި ކުރިއަށްދިޔަ ޕީއެންސީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަންނަ އާދީއްްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ޕީއެންސީއިން 93 ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުން ހޮވައިފިނަމަ ރައްޔިތުންގެ ފުދުންތެރިކަން ޔަގީންވެގެންދާ ގޮތަށް ކަންކަން ފުރިހަމަވެގެންދާނެ ކަމަށެވެ.

ސަރުކާރުން ފަށާފައިވާ ކަންކަން ބާރަށް ކުރިއަށް ގެންދަން ދަރިންނާއި ދަރީންގެ މުސްތަގުބަލަށް އެންމެން އެކައްޗެއް ކިޔާފައި ސަރުކާރުގެ ހުރިހާ ކެންޑިޑޭޓުން ހޮވަން ޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ކުރިއަށް މިއޮތީ އުފާވެރި ދުވަސްތައް އިރާދަކުރެއްވިއްޔާ. އެހެންވީމަ ކީއްކުރަންތޯ އަޅުގަނޑުމެން ވަގުތު ބޭކާރުކޮށްލަންވީ. އެހެންވީމަ 21 ވަނަ ދުވަހު އަޅުގަނޑުމެންގެ 93 ދާއިރާއަށް ކުރިމަތިލައްވާފައިވާ އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮވައިދެއްވަންވީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ މަޖިލިސް ބޭނުންވަނީ އެ މަޖިލީހަކީ މި ސަރުކާރުގެ ތަރައްގީގެ މަސައްކަތަށް އެހީތެރިކަން ދޭނެ މަޖިލީހަކަށް ހެދުމަށްޓަކައި ކަމަށެވެ.

ސަރުކާރަށް އެހީތެރިކަން ނުލިބި ތަރައްގީ ހާސިލެއް ނުކުރެވޭނެ ކަމަށާއި އިދިކޮޅު ކެންޑިޑޭޓުން ހޮވިއްޖެނަމަ އެމަނިކުފާނު ބޭނުންވާ އެއްބާރުލުން ނުލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އާދީއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް ޖުމުލަ 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނާއި ހަތް ސިޔާސީ ޕާޓީއަކުން ވާދަކުރާ 22 އަންހެނުން އަދި 216 ފިރިހެން ކެންޑިޑޭޓުންނެވެ.