Advertisement

މުލީގެ އިހުތިސާސްގެ ތެރޭގައި ބޯހުރާ ހިމަނައިފި

19 އޭޕްރީލް 2024 - 23:02 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މ. ބޯހުރާ: މ. މުލީގެ އިހުތިސާސްގެ ތެރޭގައި ވަނީ ހިމަނާފައި -- ފޮޓޯ: އިމްތިޔާޒް އަފީފް


މުލީގެ އިހުތިސާސްގެ ތެރޭގައި ބޯހުރާ ހިމަނައިފި

19 އޭޕްރީލް 2024 - 23:02 0

މ. މުލީގެ އިހުތިސާސްގެ ތެރޭގައި އެ އަތޮޅު ބޯހުރާ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހިމަނުއްވައިފި އެވެ.

ރައީސް މުއިއްޒު ނެރުއްވި ގަރާރެއްގައި ވިދާޅުވީ މާޗު، 18، 2020 ގައި ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2020/3 ގެ ގަރާރުން އެކަށައަޅާފައިވާ، އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅި ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2020/3 އަށް އިސްލާހުކޮށް، ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ މުލީގެ އިދާރީ ދާއިރާގެ އިހުތިސާސަށް ބަދަލު ގެނެސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިގޮތަށް ނިންމަވާފައި ވަނީ މާޗު، 6 ގައި މުލީ ކައުންސިލާއި އެ ރަށު (އ.ތ.މ) ކޮމިޓީއާ ކުރެއްވި ބައްދަލުވުމުގައި ރަށުގެ އިހްތިސާސުގައި ބޯހުރާ ހިމެނުމަށް ބޭނުންވާކަމަށާއި، އަދި އެކަމުން މުއްޔަށް ފައިދާވާނެ ގޮތެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން އެދިފައި ވަނިކޮށެވެ.

މިދިޔަ ސަރުކާރުން ރިސޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތަކުގެ ލިސްޓުގައި ބޯހުރާ ހިމެނި އެވެ. ނަމަވެސް އެތަން ލިސްޓުން ނެގީ އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލުންނެވެ.

ބޯހުރާއަކީ ރާއްޖޭގައި ރާޅާ އެޅުމަށް އެންމެ މަޝްހޫރު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.