Advertisement

ރޭސިން އާއި ޑްރިފްޓް ސްޕޯޓްސް އަށް އެރީނާއެއް އަޅަން ނިންމައިފި

18 އޭޕްރީލް 2024 - 20:55 0

އެޗްޑީސީ އާއި ސްޕޯޓްސް މިނިސްޓްރީން ރޭސިން އާއި ޑްރިފްޓިން އަށް ބިމެއް ކަނޑައަޅައިދޭން އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އެޗްޑީސީ


ރޭސިން އާއި ޑްރިފްޓް ސްޕޯޓްސް އަށް އެރީނާއެއް އަޅަން ނިންމައިފި

18 އޭޕްރީލް 2024 - 20:55 0

ރާއްޖޭގައި ރޭސިން އާއި ޑްރިފްޓިން ކުރިއަަރުވަން ހާއްސަ އެރީނާ އެއް އަޅަން ނިންމައި، އެ ކަމަށް ޓަކައި ބިމެއް ދޫކުރުމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަނާ ދެމެދު އެއްބަސްވުމެއް ހަދައިފި އެވެ.

އެ ގޮތުން، އެޗްޑީސީގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެވެ.

ރޭސިން އާއި ޑްރިފްޓިން އަށް ދޫކޮށްފައިވަނީ ފަންސާސް ހާސް އަކަފޫޓުގެ ބިމެކެވެ.

މިއީ، ސަރުކާރުން ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝަރޫއެއް ކަމަށް އެޗްޑީސީ އާއި ސްޕޯޓްސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މޮޓޯ ސްޕޯޓްސް އަށް އެކަށޭނެ ސަރަހައްދެއް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، ފަޒުލް (ކ) އާއި ސްޕޯޓްސް މިނިސްޓަރު ރާފިއު އެއްބަސްވުމުގައި ސޮއިކުރައްވަނީ.--- ފޮޓޯ: އެޗްޑީސީ


"މިއީ (ރޭސިން އާއި ޑްރިފްޓިން އަށް ހާއްސަ ބިމެއް ލިބުމަކީ) ވަރަށް ގިނަ ޒުވާނުން ވަރަށް ގިނަދުވަސް ވަންދެން އެދިއެދި ތިބިކަމެއް. މީގެ، ސަބަބުން ރޭސިން އާއި ޑްރިފްޓިން ރާއްޖޭގައި (އިތުރަށް) ތައާރަފް ވެގެންދާނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން." ރާފިއު ވިދާޅުވި އެވެ.

ރާފިއު އާއި ފަޒުލް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަރުދަނާ ނިންމުންމުންތަކުގެ ސަބަބުން، ރާއްޖޭގެ އެކި ދާއިރާތައް ކުރިއަރައިގެންދާ މަންޒަރު ފެންނަ ކަމަށް ވިދާޅުވެ، އެކަމަށް ޝުކުރުއަދާކުރައްވައިފަ އެވެ.

އެ ގޮތުން، ރޭސިން އާއި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމުން ރައްކާތެރި ގޮތެއްގައި މޮޓޯ ސްޕޯޓްސް ގެ ހަރަކަތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޗްޑީސީ އާއި ސްޕޯޓްސް މިނިސްޓްރީން ދެެކެ އެެވެ.

މީގެ ކުރިން ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި، ރޭސިން އާއި ޑްރިފްޓިންގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި އެކި ކަހަލަ ދަތިތައް ކުރިމަތިވާއިރު، އެ ހަރަކާތް ގެންދާ ވަގުތުތަކުގެ ގޮތުން، އާންމުންގެ ޝަކުވާ ވެސް އާދެ އެވެ. އެކަމަކު، ރަސްމީކޮށް އެ ކަމަށް ހާއްސަކޮށް އެރީނާއެއް ގާއިމްކުރެވިގެން، ކުޅިވަރެއްގެ ގޮތުގައި ކުރިއެރުވުމުގެ ފުުރުސަތު ލިބިގެންދިއުމާ އެކު، މި ފަދަ ކަންކަމަށް ހައްލެއް ލިބިގެންދާނެ އެވެ.