Advertisement

ޒުވާނުންގެ މަރުކަޒުތައް ސަރުކާރަށް ނަގަން ނެރުނު "ގާނޫނާ ހިލާފު ސާކިއުލާ" ބާތިލުކޮށްފި

1 އޭޕްރީލް 2024 - 22:42 1

ސްޕޯޓްސް މިނިސްޓަރު މިނިސްޓަރު އަބްދުﷲ ރާފިއު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. ޒުވާނުންގެ މަރުކަޒުތައް މިނިސްޓްރީގެ ދަށަށް ގެންދަން ސާކިއުލާއެއް ނެރުއްވީ އޭނާ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ޒުވާނުންގެ މަރުކަޒުތައް ސަރުކާރަށް ނަގަން ނެރުނު "ގާނޫނާ ހިލާފު ސާކިއުލާ" ބާތިލުކޮށްފި

1 އޭޕްރީލް 2024 - 22:42 1

ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ރަށްރަށުގައި ހުރި ހުރިހާ ޔޫތު ސެންޓަރެއް އެ ކައުންސިލްތަކުން ނަގައި ސަރުކާރުން ހިންގާ ގޮތަށް ހަމަޖައްސައި, ސްޕޯޓްސް މިނިސްޓްރީން ނެރުނު ސާކިއުލާ ބާތިލުކޮށްފި އެވެ.

މިނިސްޓަރް އަބްދުﷲ ރާފިއު "އަދަދު" އަށް ވިދާޅުވީ އެ ސާކިއުލާ ބާތިލުކުރީ ޒުވާނުންގެ މަރުކަޒުތައް ސަރުކާރަށް ދޫކުރަން ބައެއް ކައުންސިލްތަކުން ބޭނުން ނުވާތީ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ބައެެއް ރަށްރަށުގެ ކައުންސިލްތަކުން ޒުވާނުންގެ މަރުކަޒުތަކަށް ބޮޑު ހަރަދެއް ކޮށްފައި ހުރުމުންނެވެ.

އޭނާ ވިދާޅުވިީ އެ ސެންޓަރުތަކާ މިނިސްޓްރީން ހަވާލުވުން މިވަގުތަށް މަޑު ޖައްސައިލީ ކަމަށާއި އެކަމުގައި ދެން ގޮތެއް ނިންމަވާނީ އެލްޖީއޭއާ މަޝްވަރާކޮށްގެން ކަމަށެވެ.

ޒުވާނުންގެ މަރުކަޒުތައް ނަގަން ނެރުނު ސާކިއުލާ މިއަދު ބާތިލުކުރި އިރު، އެ ސާކިއުލާ ނެރުމާ އެކު ބައެއް ކައުންސިލްތަކުން ބުނީ އެއީ ގާނޫނާ ހިލާފު ސާކިއުލާއެއް ކަމަށެވެ. އެ ގޮތަށް ކަނޑައެޅި އެއް ކައުންސިލަކީ އައްޑޫ ސިޓީ ކައުންސިލެވެ.

ސާކިއުލާ އަށް އަމަލުނުކުރަން އައްޑޫ ސިޓީ ކައުންސިލަށް މިއަދު ހުށަހެޅި ކުއްލި މައްސަލާގައި ތުހުމަތުކޮށްފައިވާ ގޮތުން އެ ސާކިއުލާ އަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 40 ވަނަ މާއްދާގެ (ހ)ގެ ނުވަ ވަނަ ނަމްބަރާ ހިލާފު ސާކިއުލާ އެކެވެ. އަދި އެއީ ގާނޫނު އަސާސީގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާ ފަދަ ޣައިރުގާނޫނީ އަމުރެއް ކަމަށް ވެސް އެ މައްސަލާފައި ބުންޏެވެ.