Advertisement

އިންޑިއާ އެލްއޯސީގެ ދަށުން އަޅާ ސިންތެޓިކް ޓްރެކުތަކުގެ މަސައްކަތް ކުރިއަށް

3 އޭޕްރީލް 2024 - 14:24 0

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އާއި ޑީޕީއޭގެ ވަފުދަކާ އެކު، ރާއްޖޭގެ ސްޕޯޓްސް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ


އިންޑިއާ އެލްއޯސީގެ ދަށުން އަޅާ ސިންތެޓިކް ޓްރެކުތަކުގެ މަސައްކަތް ކުރިއަށް

3 އޭޕްރީލް 2024 - 14:24 0

މިދިޔަ ސަރުކާރުން އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީގެ ތެރެއިން، ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގާއިމްކުރަން ނިންމި ސިންތެޓިކް ޓްރެކުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ރާއްޕެ މި ގޮތަށް ވިދާޅުވީ، ދާދި ފަހުން ކުރިއަށްދިޔަ، ތުރުކީގެ ރަންތޯލިޔާ މެރެތަންގައި ވާދަކޮށް, މެރަތަން ރަނާސް މޯލްޑިވްސްގެ އެތުލީޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ހުކުރު ދުވަހުގެރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް މިދިޔަ ސަރުކާރުން ހަމަޖެއްސި 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެރެއިން، ބޮޑުބައި ހަރަދުކުރަން ކަނޑައެޅީ ގަލޮޅު ފުޓްބޯޅަ ދަނޑުގެ ޕްރޮޖެކްޓަށެވެ. އޭގެ ތެރެއިން، ރާއްޖޭގެ ހަތަރު ރަށެއްގައި ސިންތެޓިކް ޓްރެކް ގާއިމްކުރަން ވެސް ކަނޑައެޅި އެވެ.

އެއީ، ޏ. ފުވައްމުލަކާއި ސ. ހިތަދޫ، ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދޫގައި ގާއިމްކުރަން ނިންމި ސިންތެޓިކް ޓްރެކްތަކެކެވެ. މި ޓްރެކުތަކުގެ އަމަލީ ކަންކަން ފަށައި ޕްރޮޖެކްޓް ކުރިއަށް ހިނގައިގަންނަން، މިދިޔަ ތިން އަހަރު ކުރި މަސައްކަތް އަދި އެންމެ އެކަށީގެންވާ ދުވެލީގައި ކުރިއަށްނުދެ އެވެ.

އެކަމަކު، ދާދި ފަހުން، ސްޕޯޓްސް މިނިސްޓަރު، ރާފިއު ވަނީ އިންޑިއާގެ ޑިވެލޮޕްމަންޓް ޕާޓްނާޝިޕް އެޑްމިނިސްޓްރޭޝަންގެ ޖޮއިންޓް ސެކްރެޓަރީ، ސުޖާ ކޭ މެނަންއާ ބައްދަލުކުރައްވައިފަ އެެވެ.

އިންޑިއާގެ އެކްޓާނަލް އެފެއާޒް މިިނިސްޓްރީގެ ބޭފުޅުންނާ އެކު، ސްޕޯޓްސް މިނިސްޓްރީގެ އިސް ބޭފުޅުން ކުރިއަށްގެންދިޔަ، މި ބައްދަލުވުމުގައި ވަނީ ރާއްޖޭގައި އިންޑިއާގެ އެލްއޯސީގެ ދަށުން އަޅަން ނިންމާފައިވާ އިންފްރާސްޓްރަކްޗާތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.