Advertisement

ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންއެފް ކެންޑިޑޭޓަށް އެމްޑީޕީން ތާއީދުކޮށްފި

17 އޭޕްރީލް 2024 - 16:44 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޕީއެންއެފްގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ ޝަރަފުއްދީން -- ފޮޓޯ: ފޭސްބުކް


ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންއެފް ކެންޑިޑޭޓަށް އެމްޑީޕީން ތާއީދުކޮށްފި

17 އޭޕްރީލް 2024 - 16:44 0

ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރާ ޕީއެންއެފްގެ ކެންޑިޑޭޓު، މުހައްމަދު ޝަރަފުއްދީންއަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ތާއީދުކޮށްފި އެވެ.

ފުވައްމުލަކު އުތުރު ދާއިރާއަކީ އެމްޑީޕީން ކެންޑިޑޭޓަކު ނުނެރޭ ދާއިރާއެކެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕާޓީއަށް ތާއީދު ކުރާ ހުރިހާ މެންބަރުންގެ ވޯޓު ޝަރަފުއްދީންއަށް ދިނުމަށް އެދޭ ކަމަށެވެ.

"20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މި ޕާޓީން [އެމްޑީޕީން] ވާދަނުކުރާ ދާއިރާއެއްކަމުގައިވާ ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ މުހައްމަދު ޝަރަފުއްދީން، ދަނޑިމަގު، އަނޯނާގެ/ޏ. ފުވައްމުލަކު (ކެންޑިޑޭޓު ނަންބަރު 2) އަށް މި ޕާޓީން ތާއީދު ކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަން،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕީއެންއެފްގެ ކެންޑިޑޭޓަކަށް އެމްޑީޕީން ތާއީދު ކުރަން ނިންމިއިރު، ޕީއެންއެފުން ވަނީ ފުވައްމުލަކު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ނަޒްރާ ނަސީމްއަށް ތާއީދު ކުރަން ނިންމައިފަ އެވެ.

ރައީސް ޔާމީނު އިސްވެ ހުންނަވައި އުފެއްދި ޕީއެންއެފްއާއި އެމްޑީޕީއަކީ މިވަގުތު ސަރުކާރު ހިންގާ ޕީއެންސީއާ އިދިކޮޅު ދެ ޕާޓީ އެވެ.