Advertisement

ޔޫއޭއީއަށް ފާއިތުވި 75 އަހަރު ނުވެހޭވަރަށް ވާރޭ ވެހި ގެއްލުންތަކެއް

17 އޭޕްރީލް 2024 - 23:08 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދުބާއީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން: ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި -- ފޮޓޯ: ރޮއިޓާސް


ޔޫއޭއީއަށް ފާއިތުވި 75 އަހަރު ނުވެހޭވަރަށް ވާރޭ ވެހި ގެއްލުންތަކެއް

17 އޭޕްރީލް 2024 - 23:08 2

ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) އަށް ފާއިތުވި 75 އަހަރު ނުވެހޭ ވަރަށް ވާރޭވެހި އިއްޔެ ގެއްލުންތަކެއް ވެއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ދުބާއީއަށް އިއްޔެ ވަނީ 120 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު، އެއީ އެވްރެޖުކޮށް އަހަރެއް ތެރޭގައި ދުބާއީއަށް ވާރޭ ވެހޭ މިންވަރެވެ.

ޔޫއޭއީއަށް އެވްރެޖުކޮށް އަހަރެއް ތެރޭގައި ވެހެނީ 100 މިލިމީޓަރުގެ ވާރޭ އެވެ. ނަމަވެސް ޔޫއޭއީގެ ބައެއް ސަރަހައްދުތަކަށް އިއްޔެ އެކަނި ވެސް ވަނީ 80 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ.

ވާރޭ ވެހުމުގެ ސަބަބުން ޔޫއޭއީގައި ފެން ހިންދުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އަދި ލިބުނު ގެއްލުންތައް އެސެސްކޮށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ވިއްސާރައިގެ ސަބަބުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓްގައި ފެންބޮޑުވެ، ފްލައިޓްތައް ކެންސަލް ކުރި އެވެ.

ދުބާއީ އާންމު ހާލަތަށް ގެނެވެންދެން ސްކޫލްތައް ބަންދުކޮށްފައިވާއިރު، ސަރުކާރު މުވައްޒަފުން ވެސް ގެއިން މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ.

މެދުއިރުމައްޗަށް ކުރަމުންދާ ވިއްސާރައިގައި އޮމާނުގައި މިހާތަނަށް 18 މީހުން ވަނީ މަރުވެފަ އެވެ.