Advertisement

މާފަރުފަޅަކީ މަހިބަދޫގެ ބައެއް ކަމުގަ ކަނޑައަޅައިފި

17 އޭޕްރީލް 2024 - 09:15 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އދ. މަހިބަދޫ. މާފަރުފަޅަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފި -- ފޮޓޯ: ހޮލިޑިފައި


މާފަރުފަޅަކީ މަހިބަދޫގެ ބައެއް ކަމުގަ ކަނޑައަޅައިފި

17 އޭޕްރީލް 2024 - 09:15 1

އދ. މަހިބަދޫގެ ދެކުނުގައި އޮންނަ މާފަރުފަޅަކީ އެ ރަށުގެ ބައެއް ކަމުގައި ކަނޑައަޅައިފި އެވެ.

މިފަދައިން ކަނޑައެޅީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޮއިކޮށް އިއްޔެ ރައީސް އޮފީހުން ނެރުނު ގަރާރަކުންނެވެ.

އެގޮތުން މާފަރުފަޅަކީ މަހިބަދޫގެ ބައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސްއަށް ލިބިދޭ ބާރުގެ ދަށުން ވަނީ ކަނޑައަޅާފަ އެވެ.

މަހިބަދޫއާއި ގާތްގަނޑަކަށް 1.40 ކިލޯމީޓަރު ދުރުގައި އޮންނަ މާފަރުފަޅުގެ ބޮޑުމިނަކީ 348 ހެކްޓަރެވެ.

މާފަރުފަޅަކީ މަހިބަދޫގެ ބައެއްގެ ގޮތުގަ ހަމަޖައްސައިފި. މި ފަޅުގެ ބޮޑުމިނަކީ 348 ހެކްޓަރު -- ފޮޓޯ: ގޫގަލް މެޕްސް


ރަށު ކައުންސިލުތަކުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ރަށްތަކާއި ފަޅުތައް ކައުންސިލުތަކާ ހަވާލުކުރެވޭނެ އުސޫލެއް ތައާރަފުކުރަން މިދިޔަ މަހު ފަހެއްގައި ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމާ އެއްގޮތަށް، އެކަމަށް އަމަލުކުރުމަށް ގަވާއިދެއް ހަދާ ޖެނުއަރީ މަހު ގެޒެޓުކުރި އެވެ.

މި ގަވާއިދުގެ ދަށުން ކައުންސިލްތަކުގެ އިހުތިސާސްގައި ނުހިމެނޭ ރަށެއް ނުވަތަ ފަޅެއް ދޫކުރާނީ ލޯކަލް ގަވަމަންޓު މިނިސްޓްރީންނެވެ. އަދި ދޫކުރެވޭ ރަށްތައް ކަނޑައަޅާނީ ރައީސުލްޖުމްހުރިއްޔާ އެވެ.

ކައުންސިލްތަކުން އެދޭ ރަށަކީ ހުށަހަޅާ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާގެ ފަޅު ރަށަކަށް ވާން ޖެހޭނެ އެވެ. ނަމަވެސް ފަޅު ރަށެއް ނެތްނަމަ އެހެން އިދާރީ ދާއިރާއެއްގެ ރަށެއް ހޯދުމުގެ ފުރުސަތު ވެސް އާ ގަވާއިދުގެ ދަށުން ލިބެ އެވެ.