Advertisement

މާލޭގައި ފެންބޮޑުވެގެން ހަ ގެއަކުން 42 މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފި

14 އޭޕްރީލް 2024 - 10:38 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މާލޭގައި ފެންބޮޑުވެގެން ހަ ގެއަކުން 42 މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފި

14 އޭޕްރީލް 2024 - 10:38 0

މާލޭގައި ފެންބޮޑުވެގެން ހަ ގެއެއްގެ މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފި އެވެ.

ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (އެންޑީއެމްއޭ) ގެ މީޑިއާ އޮފިސަރު އަލީ އާސިރު "އަދަދު" އަށް ވިދާޅުވީ މާލޭގައި ފެންބޮޑުވެގެން ހަ ގެއަކުން 42 މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ފެން ބޮޑުވުމުގެ ސަބަބުން ފާހާނާ ކުރުމަށް ބުރޫއަރާ ނަޖިސް ލީކުވާ ފަސް ތަނެއް ފާހަގަ ކުރެވިފައިވާ ކަމަށާއި، އުޅެން ދަތިވާ ނުވަ ގެއެއް މިހާތަނަށް ފާހަގަ ކުރެވިފައިވާ ކަމަށް އާސިރު ވިދާޅުވި އެވެ.

"ވަގުތީބޯހިޔާވަހިކަން ދިން ފަރާތްތަކަށް ކެއިންބުއިންވެސް ހަމަޖައްސައިދެވޭނެ" އާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދަކީ ސްކޫލްތަކުގެ އިމްތިހާން ވެސް ފެށޭ ދުވަހެއް ކަމުން ސްކޫލް ދަރިވަރުންނަށްވެސް ކަންކަން ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ވަނީ ހަމަޖައްސާފައި ކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން މާލޭގެ 73 ތަނެއްގައި 495 ވެލިބަސްތާ ވަނީ ޖެހިފައި ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ.