Advertisement

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

30 އޭޕްރީލް 2024 - 13:04 0

ނިމާ ހަސަން

ނިމާ ހަސަން

މޫސުން ގޯސްވެ, ކަނޑުގަދަވެފައި ވަނިކޮށް; ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވަނީ ޔެލޯ އެލާޓް ނެރެފައި -- ފޮޓޯ: އަދަދު


ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

30 އޭޕްރީލް 2024 - 13:04 0

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި, އުތުރުގެ ރަށްތަކަށް މިއަދު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް (މެޓް އޮފީހުން) ރީނދޫ ސަމާލު ނެރެފި އެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރުނީ ހއ.އަތޮޅުން ފެށިގެން ބ.އަތޮޅާ ހަމައަށް މިއަދު ހަވީރު 5:00 އާ ހަމައަށެވެ. އެ ވަގުތާ ހަމައަށް އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ބައެެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރުނުއިރު, ހަވީރު 4:30 އާ ހަމައަށް މ އަތޮޅާ ހަމައަށް ވެސް ވިއްސާރަވެ, ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފަ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި, ފާއިތުވި ދެ ދުވަހު ވެސް މާލެއަށް ބޯކޮށް ވާރޭވެހި, ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވި އެވެ.

މި ވިއްސާރާގައި ކަނޑުތައް ގަދަވުމުގެ ސަބަބުން, ކަނޑުމަތީގެ ބައެއް ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. އެގޮތުން ރޭ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާއެއްގައި މީހަކު ގެއްލި, އޭނާ ހޯދަމުން ދަނިކޮށް ކޮޅުވެއްޓި ދަށުގައި މަރުވެފައި އޮއްވާ ފެނިފައި ވެއެވެ.

އެ ކޮޅުވެއްޓި ބަންޑުން ޖަހައިލި އިރު އޭގައި ފަސް މީހުން ތިއްބެވެ. އޭގެ ތެރެއިން ހަތަރު މީހަކު ކަނޑުވެފައި ތިއްބާ ރޭ ފަތިހު ވަނީ ސަލާމަތްކޮށްފަ އެވެ.