Advertisement

މާލެއިން 57 ތަނަކަށް ފެންވަދެގެން މިހާތަނަށް ރިޕޯޓްކޮށްފި

13 އޭޕްރީލް 2024 - 19:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން: 57 ގެއަކަށް ފެން ވަދެގެން ވަނީ ރިޕޯޓް ކޮށްފައި -- ފޮޓޯ: އިޔާދު / އަދަދު


މާލެއިން 57 ތަނަކަށް ފެންވަދެގެން މިހާތަނަށް ރިޕޯޓްކޮށްފި

13 އޭޕްރީލް 2024 - 19:11 0

މާލެއަށް ބޯކޮށް ވާރޭވެހި 57 ތަނަކަށް ފެންވަދެގެން ރިޕޯޓް ކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭއިން ބުނީ ފެން ވަދެގެން ރިޕޯޓްކޮށްފައިވާ 57 ތަނެއްގައި ވެލި ބަސްދާ ޖެހުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މާލޭގެ 14 ގެއެއްގައި ވެލިބަސްތާ ޖެހުމުގައި ވެސް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށް ވެސް ބުންޏެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ފ.އަތޮޅާ ހިސާބަށް ރީނދޫ އެލާޓް ނެރެފަ އެވެ. އަދި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް އެ އޮފީހުން ލަފާ ކުރެ އެވެ.