Advertisement

ބޯކޮށް ވާރޭވެހި މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ

13 އޭޕްރީލް 2024 - 17:30 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވުމުން، ސިފައިން ނުކުމެ ފެން ހިންދަން މަސައްކަތްކުރަނީ. ފޮޓޯ:އެމްއެންޑީއެފް


ބޯކޮށް ވާރޭވެހި މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ

13 އޭޕްރީލް 2024 - 17:30 0

ބޯކޮށް ވާރޭވެހި މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ އެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއަށް ވާރޭވެހެމުން އަންނައިރު، ގުގުރުމާއެކު ބޯކޮށް ވާރޭވެހިން ފެށީ މެންދުރުފަހު އެވެ.

މެދު ނުކެނޑި އެތައް އިރެއް ވަންދެން ވާރޭ ވެހުމުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާއިރު، ހިނގާ ބިނގާވެ އުޅެން ދަތިވާ ވަރަށް ވެސް ބައެއް ސަރަހައްދުތަކުގެ ހާލަތު ގޯހެވެ. ބައެއް ގެތަކަށް ވަނީ ފެން ވެސް ވަދެފަ އެވެ.

އެމްއެންޑީއެފްއިން ބުނީ މަގުތަކުން ފެން ހިންދުމާއި އަދި ފެން ވަންނަ ގެތަކުގައި ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ފ.އަތޮޅާ ހިސާބަށް ރީނދޫ އެލާޓް ނެރެފަ އެވެ. އަދި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް އެ އޮފީހުން ލަފާ ކުރެ އެވެ.

މި ހިނގާ އެޕްރީލް މަހަކީ ރާއްޖެއަށް އަހަރުގައި ވެސް އެންމެ ހޫނު މަސް ކަމަށްވާއިރު، ދޭތެރެ ދޭތެރެއިން ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.