Advertisement

އިޒްރޭލުގެ ބިލިއަނަރެއްގެ އާގުބޯޓެއް އިރާނުން ހިފަހައްޓައިފި

13 އޭޕްރީލް 2024 - 21:27 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިޒްރޭލުގެ ބިލިއަނަރެއްގެ އާގުބޯޓެއް އިރާނުގެ ބެލުމުގެ ދަށަށް ގެންދިއުން -- ފޮޓޯ: އޭޕީ


އިޒްރޭލުގެ ބިލިއަނަރެއްގެ އާގުބޯޓެއް އިރާނުން ހިފަހައްޓައިފި

13 އޭޕްރީލް 2024 - 21:27 0

އިޒްރޭލުގެ ބިލިއަނަރަކާ ގުޅުން އޮތް އާގު ބޯޓެއް އިރާނު ސިފައިން ހިފަހައްޓައިފި އެވެ.

އިރާނުގެ ނޫސްތަކުން ބުނީ، ހޮރުމުޒް ކަނޑުއޮޅިން އަތުލައިގަތް "އެމްއެސްސީ އެރައިޒް" ނަމަކަށް ކިޔާ އާގު ބޯޓު އިރާނު ސިފައިންގެ ބެލުމުގެ ދަށުން ގެންދާނީ އިރާނަށް ކަމަށެވެ.

ޕޯޗުގަލްގެ ދިދަ ޖަހާފައިވާ އެ އާގު ބޯޓު ޔުއޭއީއިން ފުރައިގެން ދަތުރު ކުރަމުންދިޔައީ އިންޑިއާއަށެވެ.

އިރާނުން އެ ބޯޓު ހިފެހެއްޓީ އިޒްރޭލާ ގުޅުން އޮންނަ ބޯޓަކަށްވާތީ ކަމަށް އެ ގައުމުން ބުނެ އެވެ. އަދި އެ ބޯޓަކީ އިޒްރޭލުގެ ބިލިއަނަރު އެޔަލް އޮފާގެ ބޯޓެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިރާނާއި އިޒްރޭލާ ދެމެދު ގުޅުން ގޯސްވެފައި ވަނީ ސީރިއާގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓަށް ދިން ހަމަލާގައި އިރާނުގެ ދެ ޖެނެރަލުންނާއި ބައެއް ސިފައިން މަރުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އިރާނުން އިޒްރޭލަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައިވާއިރު، ރައްދުގައި ހަމަލާ ދޭނެ ކަމަށް އިޒްރޭލުން ވެސް ވަނީ ބުނެފަ އެވެ.