Advertisement

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި

13 އޭޕްރީލް 2024 - 15:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި

13 އޭޕްރީލް 2024 - 15:59 0

އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެފައި ވާތީ މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް (މެޓް އޮފީހުން ) ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ އުތުރަށް މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށާއި، އެލާޓް ނެރެފައިވަނީ މިހާރުން ފެށިގެން މިރޭގެ 8:15 އާ ހަމައަށް ކަމަށެވެ.

ލަފާކުރެވޭ ގޮތުގައި މި ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އެލާޓްގައި ބުންޏެވެ.

މިއަދު މެންދުރު 2:00 ޖެހިއިރު އުތުރުގައި އިހުސާސް ކުރެވޭ ފިނި ހޫނުމިން ހުރީ 32.2 ޑިގްރީ ސެލްސިއަސްގައި ކަމަށްވާއިރު، މާލެ ސަރަހައްދަށް އިހުސާސް ކުރެވޭ ފިނި ހޫނުމިން ހުރީ 39.6 ޑިގްރީ ސެލްސިއަސްގަ އެވެ.

އޭގެއިތުރުން ކައްދޫގައި 43.6 ޑިގްރީ ސެލްސިއަސްގައި ފިނި ހޫނުމިން ހުރިއިރު، ކާޑެއްދޫގައި އިހުސާސް ކުރެވޭ ފިނި ހޫނުމިން ހުރީ 31.3 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި ގަމުގައި އިހުސާސް ކުރެވޭ ފިނި ހޫނުމިން ހުރީ 41.6 ޑިގްރީ ސެލްސިއަސްގަ އެވެ.

މި ހިނގާ އެޕްރީލް މަހަކީ ރާއްޖެއަށް އަހަރުގައި ވެސް އެންމެ ހޫނު މަސް ކަމަށްވާއިރު، ދޭތެރެ ދޭތެރެއިން ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.