Advertisement

ބޮޑު އަގުދީފައި ޔުނައިޓެޑުން އިތުރު ފޯވާޑެއް ގަންނަނީ

13 އޭޕްރީލް 2024 - 09:30 0


ބޮޑު އަގުދީފައި ޔުނައިޓެޑުން އިތުރު ފޯވާޑެއް ގަންނަނީ

13 އޭޕްރީލް 2024 - 09:30 0

މެންޗެސްޓާ (އޭޕްރީލް 13) - މެންޗެސްޓާ ޔުނައިޓެޑުން އަންނަ ސީޒަނުގައި ބޮޑު އަގުދީފައި އިތުރު ފޯވާޑެއް ގަތުމުގެ ފުރުސަތު އޮތްތޯ ކުރި ސުވާލަށް ދިން ޖަވާބުގައި އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް، އެއީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފި އެވެ.

ޓެން ހާގްގެ އެދުމުގެ މަތިން، ޔުނައިޓެޑުން ވަނީ މި ސީޒަނުގައި ޑެންމާކުގެ ފޯވާޑް، ރަސްމުސް ހޮއިލުންޑް، 82 މިލިއަން ޑޮލަރުގެ ޑީލެއްގައި ގަނެފަ އެވެ. އެކަމަކު، ޔުނައިޓެޑަށް ދިމާވެފައިވާ ލަނޑު ނުޖެހުމުގެ މައްސަލަ އަށް ހައްލެއް ނުލިބެ އެވެ.

ޕްރިމިއާ ލީގުގައި ޔުނައިޓެޑަށް ބާކީ ހަތް މެޗު އޮތްއިރު، އެ ޓީމަށް ޖެހުނީ 45 ގޯލެވެ. ލީގުގެ ގަދަ 10 ޓީމުގެ ތެރޭގައި ހިމެނޭ ޓީމުތަކަށް ބަލާއިރު، އެންމެ މަދުން ގޯލު ޖަހާފައިވަނީ ޔުނައިޓެޑުންނެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން، ޓެން ހާގް ބުނީ، އޭނާ އުންމީދުކޮށްގެން ހުރީ މި ސީޒަނުގައި އެ ޓީމުގެ ލަނޑު ނުޖެހުމުގެ މައްސަލަ އަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށެވެ. އެކަމަކު، އަދިވެސް އެކަށީގެންވާ ކުރިއެރުމެއް އެކަމުގައި ނުލިބޭ ކަމަށް ޓެން ހާގް ވަނީ އެއްބަސްވެފަ އެވެ.

"ބޭނުންވާ ވަރެއް ނުވޭ. ކޮންމެ މަގާމަކަށް ރަނގަޅު ދެ ކުޅުންތެރިން ތިބެންޖެހޭ. ރަނގަޅު ޓީމެއް އެކުލަވާލެވޭނީ އެ ގޮތަށް. އެހެންވީމަ، ފޯވާޑެއް ވެސް ބޭނުންވާނެ، ދެން އަގުގެ ވާހަަކަ އަކީ މިހާރު ކޮންމެ ޓްރާންސްފާ މާކެޓެއްގައި ވެސް ބޮޑުވާނެ ކަމެއް،" ޓެން ހާގް ބުންޏެވެ.

ޔުނައިޓެޑުގެ ފޯވާޑުންނަށް ބަލާއިރު، ހޮއިލުންޑަށް ޖެހުނީ 34 މެޗުން 13 ލަނޑެވެ. މާކަސް ރެޝްފޯޑް ޖެހީ، 38 މެޗުން އަށް ލަނޑެެވެ.

ޓެން ހާގް ބުނީ އެ ޓީމަށް މެޗުތަކުގައި ތަަނަވަސްކުރެވުނު ގޯލު ޖެހުމުގެ ފުރުސަތުތަކަށް ބަލާއިރު، ގިނަ ގޯލުތަކެއް ޖެހެން ޖެހޭނެ ކަމަށެވެ.

ލީގުގައި މިރޭ ޔުނައިޓެޑުން ކުޅޭ މެޗުގައި ރަށުންބޭރުގައި ނުކުންނާނީ ބޯންމައުތާ ދެކޮޅަށެވެ.