Advertisement

ރާއްޖޭގެ ނަޒުވާން އައިސީސީ ލެވަލް 2 ކޯޗިން ކޯސް ފުރިހަމަކޮށްފި

12 އޭޕްރީލް 2024 - 11:06 1


ރާއްޖޭގެ ނަޒުވާން އައިސީސީ ލެވަލް 2 ކޯޗިން ކޯސް ފުރިހަމަކޮށްފި

12 އޭޕްރީލް 2024 - 11:06 1

ރާއްޖޭގެ ގައުމީ ކްރިކެޓް ކުޅުންތެރިޔާ، އިސްމާއިލް ނަޒުވާން ބަދީއު، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ ލެވަލް 2 ކޯޗިން ކޯސް ފުރިހަމަކޮށްފި އެވެ.

ނަޒުވާން، ކްރިކެޓް ކޯޗިންގެ މި މަތީ ފާސް ހާސިލްކުރީ، މި މަހު ތެރޭގަ އެވެ. އޭނާ އަކީ، މި ކޯސް ފުރިހަމަކޮށް ހާސިލްކުރި ރާއްޖޭގެ ފަސް ވަނަ ފަރާތެވެ.

މީގެ ކުރިން، މި ފާސް ހޯދާފައިވާ ދިވެހި ކޯޗުންނަކީ، އިބްރާހިމް އަލީ، އިސްމާއިލް ނިހާދު، އަހުމަދު ނީޝާމް، އަބްދުﷲ ސައުދާން އަދި އާމިރު އަލީ އެވެ.

ނަޒުވާން ކޯހުގެ ބައިވެރިންނާ އެކު،


މީގެ ތެރެއިން، ސައުދާން އެޑިއުކޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނައިރު، އާމިރު ވަނީ ލެވަލް ތިނެއްގެ ކޯޗިން ކޯސް ވެސް ފުރިހަމަކޮށްފަ އެވެ.

ރާއްޖޭގެ ނިސްބަތުން ބަލާއިރު، ނަޒުވާން މި ހާސިލްކުރި ފާހާ އެކު، ކުޅުމުގެ ކެރިއަރު ކުރިއަށް ގެންދަމުން ކޯޗިިންއިން ވެސް ކުރިއަށްދާން ފަސޭހަވާނެ އެވެ. އެ ގޮތުން، ޖޫނިއާ އާއި ސީނިއާ ލެވަލްގެ ކްރިކެޓް ކުޅުންތެރިން ޑިވެލޮޕްކުރުމުގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ކުރާ މަސައްކަތުގައި ވެސް ނަޒުވާން އަށް އިސް ރޯލެއް އަދާކުރެވޭނެ އެވެ.