Advertisement

ހުލާސާކޮށް އިއްޔެ: މުއިއްޒުގެ މައްސަލަ ބަލަން ސޯލިހު ގޮވާލުން

12 އޭޕްރީލް 2024 - 07:56 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރައީސް ޑރ. މުހައްމަދު މުއިއްޒު. -- ފޮޓޯ: އިޔާދު/ އަދަދު


ހުލާސާކޮށް އިއްޔެ: މުއިއްޒުގެ މައްސަލަ ބަލަން ސޯލިހު ގޮވާލުން

12 އޭޕްރީލް 2024 - 07:56 0

ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތިގެން ކަމަށް ބުނެ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައި ތިބެގެން މަޖިލިސް ކެމްޕޭނަށް ސަރުކާރުން ހަރަދުކުރާނަމަ، އެކަން ބަލައި ތަހުގީގުކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވަލެއްވި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި އައްޑުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ ފާއިތުވި ފަސް މަސްދުވަހު ދައުލަތުގެ ބަޖެޓުން ހަރަދު ކުރި ގޮތަށް ބަލައިލުމުން މި ސަރުކާރަށް ބަޖެޓު މެނޭޖު ކުރަން ނޭނގޭކަން ހާމަވާ ކަމަށެވެ.

".. އަޅުގަނޑުމެންނަށް އެކަން މި ފާހަގަ ވަނީ މިހާރު މިއޮތް ބަޖެޓު ތަންފީޒު ކުރަމުން ދާގޮތުން، އެއްފަހަރު ވިދާޅުވާނެ ފައިސާއެއް ނެތޭ، މުޅިން ބަނގުރޫޓުވެފައި އޮތް ސަރުކާރެކޭ، ކުންފުނިތަކަކު ނެތޭ ފައިސާއެއް، އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ މި ވޭތުވެދިޔަ، ފަސް މަސްދުވަސް މިވަނީ، ދައުލަތުގެ ބަޖެޓުންހަރަދު ކޮށްފައި ހުރި ގޮތުގެ ތަފުސީލަށް ދާއިރުގައި އިންތިހާއަށް، އިންތިހާއަށް [ސިޔާސީ] ވަޒީފާތައް އިތުރުކޮށް މުސާރަތައް ދީޯފައި އެއޮތީ،" ސޯލިހު ވިދާޅުވި އެވެ.

ދިވެހި ނޫހެއްގައި ޝާއިއު ކޮށްފައި އޮތް ހަބަރަކަށް ހަވާލާދެއްވައި ސޯލިހު ވިދާޅުވީ ކެމްޕޭނަށް 100 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާނަމަ، އެކަން ބަލައި ތަހުގީގު ކުރަންޖެހޭ ކަމަށެވެ.

"އެއީ ފައިސާ ނެތިގެން ޕްރޮޖެކްޓުތައް ހުއްޓާލާފައި ތިބި ބަޔަކު އެ ހަރަދު ދައުލަތުގެ ބަޖެޓުން، ތިޔަ ބޭފުޅުން ޓެކުހުގެ ގޮތުގައި ދެއްކި ފައިސާއިން ކުރި ކަމަށް ވަންޏާމުން އެ ތަހުގީގުކޮށް ބަލަންޖެހޭނެ،" ސޯލިހު ވިދާޅުވި އެވެ.

2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައި އިރުގައި ވެސް ދައުލަތުގެ މާލީ ހާލަތު އޮތީ ވަރަށް ނާޒުކުކޮށް ކަމަށް ސޯލިހު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ދަތިކަމުން އަރައިގަތީ ވިސްނުންތެރިކަމާއެކު ކުރި މަސައްކަތުންކަން ސޯލިހު ފާހަގަކުރެއްވި އެވެ.

އެގޮތުން އެ ވެރިކަމުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ބަޖެޓަށް ބޭނުންވާ ގްރާންޓުގެ ގޮތުގައި 200 މިލިއަން ޑޮލަރާއި ކޮންޑިޝަނަލް ފައިނޭންސްގެ ގޮތުގައި 800 މިލިއަން ޑޮލަރު ހޯއްދެވި ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި އެމްޑީޕީ ސަރުކާރުގައި ފެށި ތަރައްގީގެ މަޝްރޫއުތައް ހިންގީ އެ ފައިސާއިން ކަަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

އަދި ޑޮލަރުގެ ދަތިކަން އޭރު ކުރިމަތިވެފައޮ އޮތުމުން އެކަމަށް ވެސް އޭރު ހައްލު ހޯއްދަވައި މަޝްރޫއުތައް ހުއްޓައި ނުލައި ކުރިއަށް ގެންދެވިކަން ސޯލިހު ހަނދުމަކޮށްދެއްވި އެވެ.

މަޖިލިސް ކެމްޕޭނަށް 100 މިލިއަނެއްހައި ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެއްވީ އެމްޑީޕީގެ ކެމްޕޭނު ތަރުޖަމާނު، އަހުމަދު އީސާ އެވެ.

އޭނާ ވިދާޅުވީ މީޑިޔާއާއި އެހެނިހެން ވަސީލަތްތަކުން އެއްކުރި މައުލޫމާތުން އެންގޭ ގޮތުގައި ދައުލަތުގެ ހަރަދުގައި ރައީސް މުއިއްޒު ވަނީ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް މަދުވެގެން 100 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށެވެ.

މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރައީސް ކެމްޕޭނު ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ޓެކުސް ފައިސާއިން ކަމަށާއި އެކަން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ ކަމަށް އީސަ ވެސް ވިދާޅުވި އެވެ.

މުހިއްމު ބަައެއް ހަބަރު