Advertisement

މަކަރާއި ހީލަތުގެ މައްސަލައެއްގައި ވިއެޓްނާމުގެ ބިލިއަނަރަކު މަރަން ހުކުމްކޮށްފި

11 އޭޕްރީލް 2024 - 21:29 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވިއެޓްނާމުގެ ބިލިއަނަރު ޓްރޫއޮންގް މައި ލާން: މަކަރާއި ހީލަތުގެ މައްސަލައެއްގައި މަރަން ވަނީ ހުކުމްކޮށްފައި -- ފޮޓޯ؛ އީޕީއޭ


މަކަރާއި ހީލަތުގެ މައްސަލައެއްގައި ވިއެޓްނާމުގެ ބިލިއަނަރަކު މަރަން ހުކުމްކޮށްފި

11 އޭޕްރީލް 2024 - 21:29 1

މަކަރާއި ހީލަތުގެ މައްސަލައެއްގައި ވިއެޓްނާމުގެ ބިލިއަނަރު ޓްރޫއޮންގް މައި ލާން، 67 މަރަން ވިއެޓްނާމުގެ ކޯޓަކުން މިއަދު ހުކުމް ކޮށްފި އެވެ.

މައި ލާންގެ މައްޗަށް މަރުގެ ހުކުމް އިއްވީ ފާއިތުވި 11 އަހަރު ތެރޭގައި ވިއެޓްނާމުގެ ބޭންކަކުން 44 ބިލިއަން ޑޮލަރު މަކަރާއި ހީލަތުން ހޯދާފައިވާކަން ސާބިތުވުމާ ގުޅިގެންނެވެ.

މައި ލާން ވަނީ ވިއެޓްނާމުގެ ސައިގޮން ކޮމާޝަލް ބޭންކުން ލޯނުގެ ގޮތުގައި މަކަރާއި ހީލަތުން 44 ބިލިއަން ޑޮލަރު ހޯދާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް އަނބުރާ 27 ބިލިއަން ޑޮލަރު ހޯދިފައެއް ނުވެ އެވެ.

އެގޮތުން ކޯޓުން ވަނީ މައި ލާންގެ މައްޗަށް 27 ބިލިއަން ޑޮލަރު ދެއްކުމަށް ވެސް އަމުރު ކޮށްފަ އެވެ. އަދި ބައެއް މީހުން ދެކޭ ގޮތުގައި އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީ އެ ފައިސާ އަނބުރާ ހޯދުމަށެވެ.

މި މައްސަލާގައި 2،700 މީހުން ހެކިބަސް ދިނުމަށް ހާޒިރު ކޮށްފައިވާއިރު، 10 ދައުލަތުގެ ވަކީލުން އަދި 200 ލޯޔަރުން ވަނީ ހަރަކާތްތެރިވެފަ އެވެ.

މި މައްސަލަ މައި ލާންގެ ފަރާތުން އިސްތިއުނާފް ކުރަން ނިންމާފައިވާއިރު، އޭނާ ވަނީ ކުރާ ތުހުމަތުތަކަށް އިންކާރު ވެސް ކޮށްފަ އެވެ.

މިއީ ވިއެޓްނާމުގެ ތާރީހުގައި މިގޮތަށް އިއްވި ފުރަތަމަ ހުކުމް ކަމަށްވާއިރު، މައި ލާން ވަނީ އެ ގައުމުން މަރަން ހުކުމް ކުރި މަދު އަންހެނުންގެ ތެރޭގައި ހިމެނިފަ އެވެ.