Advertisement

ރޮޑްރީ އަށް ކެތެއްނުވި، އަރާމްކުރަން ބޭނުން ކަމަށް ބުނެފި

11 އޭޕްރީލް 2024 - 11:52 0


ރޮޑްރީ އަށް ކެތެއްނުވި، އަރާމްކުރަން ބޭނުން ކަމަށް ބުނެފި

11 އޭޕްރީލް 2024 - 11:52 0

މެޑްރިޑް (އޭޕްރީލް 11) - ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ވަރުބަލިކަން އިހުސާސްވެފައިވާ ކަމަށާއި ކޮންމެ ވެސް ވަރަކަށް އަރާމްކުރަން ވަގުތުކޮޅެއް ނަމަވެސް ބޭނުންވާ ކަމަށް މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީގޯ (ރޮޑްރީ) ބުނެފި އެވެ.

މި ހަފްތާގައި ޗެމްޕިއަންސް ލީގުގައި ސިޓީން 3-3 އިން ރެއާލް މެޑްރިޑާ އެއްވަރުވި މެޗާ އެކު، ރޮޑްރީ، ސީޒަނުގައި އެ ކުޅެފައިވަނީ 41 މެޗެވެ. އެ މެޗުގެ ނަތީޖާާއާ އެކު، ރޮޑްރީ ކުޅެން ހުއްޓައި، ސިޓީ ބަލިނުވެ 66 މެޗު ވަނީ ހަމަކޮށްފަ އެވެ. އެއީ، 429 ދުވަހުގެ ރެކޯޑެކެވެ. ރޮޑްރީ ވަނީ މި ސީޒަނުގެ މިހާތަނަށް 3497 މިނިޓް ކުޅެފަ އެވެ. ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ބަލާއިރު، ރޮޑްރީ އަށް ވުރެ ގިނަ ވަގުތު ކުޅުނީ ތިން ކުޅުންތެރިއެކެވެ. އޭގެ ތެރޭގައި ދެ ގޯލްކީޕަރުން ވެސް ހިމެނެ އެވެ.

މި އޭޕްރީލް މަސް ފެށުނު ފަހުން، ތިން ވަނަ މެޗުގައި ކުޅުނު ރޮޑްރީ، އެންމެ ފަހު މެޗަށް ފަހު ބުނީ، "އަރާމްކުރަން ބޭނުންވާ" ކަމަށެވެ.

"ހިނގާދެން ބަލަމާ، އަހަރެމެންނަށް މެޗުތަކުގައި ވާގޮތް، ހާލަތު ބަދަލުވަމުން އަންނަ ގޮތް، ބައެއް ފަހަރު އެބަޖެހޭ އަރާމްކުރަން ބޭނުންވިޔަސް، ހާލަތުގެ ގޮތުން އެ ކުރިއަށްދާން ޖެހޭ ކަމެއް ކުރަން،" ރޮޑްރީ ބުންޏެވެ.

މި ސީޒަނުގައި ރޮޑްރީ އަށް ވަނީ ސަސްޕެންޝަންގެ ސަބަބުން ހަތަރު މެޗު ގެއްލިފަ އެވެ. ސިޓީ އެ ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

ސިޓީން އަންނަނީ ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި ސީޒަނުގެ ތިން މުބާރާތް ކާމިޔާބުުކުރަން މަސައްކަތް ކުރަމުންނެވެ. ރޮޑްރީ ބުނީ، މުހިންމު މެޗުތަކާ ކުރިމަތިލާއިރު ފިޓްކޮށް ހުންނަން ބޭނުންނަމަ ހަށިގަނޑަށް ވަރަށް ފަރުވާތެރިވެގެން ނޫނީ އެންމެ ރަނގަޅަށް ނުކުޅެވޭނެ ކަމަށެވެ.