Advertisement

ބެޑްމިންޓަން އޭޝިއާ މުބާރާތް ކޮލިފައިންއާ ހަމައިން ރާއްޖެ އަށް ނިމިއްޖެ

10 އޭޕްރީލް 2024 - 12:39 0

ގައުމީ ބެޑްމިންޓަން މުބާާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު


ބެޑްމިންޓަން އޭޝިއާ މުބާރާތް ކޮލިފައިންއާ ހަމައިން ރާއްޖެ އަށް ނިމިއްޖެ

10 އޭޕްރީލް 2024 - 12:39 0

ޗައިނާގައި ކުރިއަށްދާ ބޭންކް އޮފް ނިންބޯ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގެ ކޮލިފައިން ބުރުން ރާއްޖޭގެ ކުޅުންތެރިންނަށް މުބާރާތް ނިިމިއްޖެ އެވެ.

ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި ވާދަކޮށްފައިވާ ދިވެހި ކުޅުންތެރިންނަކީ، އެސޯސިއޭޝަންގެ ރައީސް ކަމަށް ވާދަކުރަން ނިންމާފައިވާ، ނުވަ ފަހަރު ގައުމީ ޗެމްޕިއަންކަން ހޯދި މުހައްމަދު އަޖުފާންގެ އިތުރުން ނިބާލް އަހުމަދު، ޒަޔާން ޒަކީ، އައިމިނަތު ނަބީހާ، ފާތިމަތު ނަބާހާ އެވެ.

ކޮލިފައިން ބުރުގައި މެޗަކުން މޮޅުވީ، މިކްސް ޑަބަލްސްގައި، ޒަޔާން އާއި ނަބާހާގެ ޕެއާ އިންނާއި އަންހެން ސިންގަލްސްގައި ނަބާހާ އެވެ.

އެ ގޮތުން، ސައުދީ އަރަބިއްޔާގެ މަހްދު ޝައިހު އާއި ހަދީޖާ ކައުސަރުގެ ޕެއާ އަތުން ޒަޔާން އާއި ނަބާހާގެ ޕެއާ މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ. ސެޓުތައް ދިޔައީ، 15-21، 21-13 އަދި 14-21 އިންނެވެ. މި ގްރޫޕްގައި އަނެއް މެޗުން، އިންޑިއާގެ ސަތީޝް ކުމާރު އާއި އާދިޔާ ވާރިޔާތުގެ ޕެއާ އަތުން ނަބާހާ އާއި ޒަޔާންގެ ޕެއާ ބަލިވީ، 21-06، 21-04 އިންނެވެ.

ކޮލިފައިން ކޮންމެ ގްރޫޕަކުން އެއް ވަނަ މެއިން ޑްރޯ އަށް ކޮލިފައިވާއިރު، ނަބާހާ އާއި ޒަޔާންގެ ޕެއާ ދިޔައީ ދެ ވަަނަ އެވެ. އަންހެން ސިންގަލްސްގައި ވެސް ނަބާހާ ދިޔައީ ދެ ވަނަ އެވެ.

އަންހެން ސިންގަލްސްގައި، ނަބާހާ ބަލިވީ މަކާއުގެ ޕުއި ޗީ ވާ އަތުންނެވެ. ބަންގްލަދޭޝްގެ ނާސިމާ ހަތުން އަތުން ނަބާހާ ވަނީ މޮޅުވެފަ އެެވެ. ނާސިމާ އަތުން ނަބާހާ މޮޅުވީ، 21-08، 21-09 އިންނެވެ. އަދި ޕުއި އަތުން ބަލިވީ، 21-16، 21-04 އިންނެވެ.

ދެން، ރާއްޖޭން ވާދަކުރި، ފިރިހެން ސިންގަލްސް، އަންހެން ޑަބަލްސް އަދި ފިރިހެން ޑަބަލްސް އިވެންޓްގެ ކޮލިފައިންގައި ދިޔައީ ގްރޫޕްގެ ފުލަށެވެ.

ފިރިހެން ސިންގަލްސްގައި ކޮލިފައިން ގްރޫޕް ބީގައި ޒަޔާން ވަނީ މަކާއުގެ ޕަންގް ފޮންގް އާއި ޓިމޯ ލެސްޓޭގެ ރޭމަންޑް ސިންގް އަތުން ބަލިވެފަ އެވެ. ޕަންގް އަތުން ޒަޔާން ބަލިވީ، 21-13، 21-16 އިންނެވެ. ޓިމޯ ލެސްޓޭ ރޭމަންޑް އަތުން ޒަޔާން ބަލިވީ 22-24، 09-21 އިންނެވެ.

ފިރިހެން ޑަބަލްސް ބައިން، ޔޫއޭއީގެ ދޭވް އައްޔަޕަން އާއި ދިރޭން އައްޔަޕަންގެ ޕެއާ އަދި ސްރީ ލަންކާގެ ބުވެނޭކަ ގޫނެތިލަކަ އާއި ވިރޭން ނެތަސިންހޭގެ ޕެއާއާ އަތުން ނިބާލް އާއި އަޖުފާންގެ ޕެއާ ވަނީ ބަލިވެފަ އެވެ. ދޭވް އައްޔަޕަން އާއި ދިރޭން އައްޔަޕަންގެ ޕެއާ މޮޅުވީ، 21-14، 21-06 އިންނެވެ. އަދި ބުވެނޭކަ ގޫނެތިލަކަ އާއި ވިރޭން ނެތަސިންހޭގެ ޕެއާއާ އަތުން ނިބާލް އާއި އަޖުފާންގެ ޕެއާ ބަލިވީ، 21-11، 21-11 އިންނެވެ.

އަންހެން ޑަބަލްސްގައި ނަބާހާ އާއި ނަބީހާގެ ޕެއާ އިން ކުޅުނީ، މެލޭޝިއާގެ ފެލީޝިއާ ސިން އާއި ފޮންގް ފްލޯރާގެ ޕެއާ އަދި އިންޑިއާގެ ސިމްރަން ސިންގީ އާއި ރިތިކާ ތާކަރުގެ ޕެއާއާ އެވެ. މެލޭޝިއާގެ ފެލީޝިއާ ސިން އާއި ފޮންގް ފްލޯރާގެ ޕެއާ އަތުން ނަބާހާ އާއި ނަބީހާގެ ޕެއާ ބަލިވީ، 21-12، 21-06 އިންނެވެ. އަދި ނަބާހާ އާއި ނަބީހާގެ ޕެއާ އަތުން އިންޑިއާގެ ސިމްރަން ސިންގީ އާއި ރިތިކާ ތާކަރުގެ ޕެއާ މޮޅުވީ، 21-10، 21-18 އިންނެވެ.