8 އޭޕްރީލް 2024 - 06:27 2
އަޖުފާން، ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު
8 އޭޕްރީލް 2024 - 06:27 2
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އިންތިހާބުގައި، ރައީސް އާއި ނައިބު ރައީސްގެ މަގާމަށް ވާދަކުރަން ކެންޑިޑެސީ ހުށަހަޅާފައިވާ މުހައްމަދު އަޖުފާން ރަޝީދު ހިމެނޭ ގޮތަށް ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުން ޗައިނާގައި ކުރިއަށްދާ ބޭންކް އޮފް ނިންބޯ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި ވާދަކުރަން ތައްޔާރުވެއްޖެ އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު ބާއްވަން ނިންމި ބެޑްމިންޓަން އެސޯސިއޭޝަން އިންތިހާބުގެ ކަންކަން އެސޯސިއޭޝަނުން މަޑުޖައްސާލީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ކޮމިޝަނާ އޮފް ސްޕޯޓްސް އިން އިންތިހާބު މި ވަގުތު ނުބާއްވަން އަންގާފައިވަނިކޮށެވެ. އެސޯސިއޭޝަނުން ބުނީ، އިންތިހާބު ބޭއްވޭ ފަދަ މާހައުލެއް ނެތުމުން ފަސްކުރީ ކަމަށެވެ.
އެސޯސިއޭޝަންގެ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ގައުމީ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ އަޖުފާން، މާދަމާ ފަށާ، ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި ވާދަކުރަނީ، ފިރިހެން ޑަބަލްސް އިވެންޓްގަ އެވެ.
މުބާރާތުގައި އަޖުފާންގެ އިތުރުން ދެން ވާދަކުރަނީ، ނިބާލް އަހުމަދު، ޒަޔާން ޒަކީ، އައިމިނަތު ނަބީހާ، ފާތިމަތު ނަބާހާ އެވެ.
ރާއްޖޭގެ ކުޅުންތެރިން އިވެންޓްތަކުގައި ވާދަކުރަނީ، ކޮލިފައިން ރައުންޑް ރޮބިން ބުރުގަ އެވެ. އެ ގޮތުން، ފިރިހެން ސިންގަލްސްގައި ކޮލިފައިން ގްރޫޕް ބީގައި ޒަޔާން ނުކުންނާނީ މަކާއުގެ ޕަންގް ފޮންގް އާއި ޓިމޯ ލެސްޓޭގެ ރޭމަންޑް ސިންގްއާ ދެކޮޅަށެެވެ. އަންހެން ސިންގަލްސްގައި، ރާއްޖޭގެ ނަބާހާ ބައްދަލުކުރާނީ ބަންގްލަދޭޝްގެ ނާސިމާ ހަތުން އާއި މަކާއުގެ ޕުއި ޗީ ވާއާ އެވެ.
ފިރިހެން ޑަބަލްސްގައި އަޖުފާން އާއި ނިބާލްގެ ޕެއާ ކުޅޭނީ، ޔޫއޭއީގެ ދޭވް އައްޔަޕަން އާއި ދިރޭން އައްޔަޕަންގެ ޕެއާ އަދި ސްރީ ލަންކާގެ ބުވެނޭކަ ގޫނެތިލަކަ އާއި ވިރޭން ނެތަސިންހޭގެ ޕެއާއާ އެވެ. އަންހެން ޑަބަލްސްގައި ނަބާހާ އާއި ނަބީހާގެ ޕެއާ އިން ކުޅެން ޖެހެނީ، މެލޭޝިއާގެ ފެލީޝިއާ ސިން އާއި ފޮންގް ފްލޯރާގެ ޕެއާ އަދި އިންޑިއާގެ ސިމްރަން ސިންގީ އާއި ރިތިކާ ތާކަރުގެ ޕެއާއާ އެވެ.
މިކްސް ޑަބަލްސްގައި ރާއްޖޭގެ ޒަޔާން އާއި ނަބާހާގެ ޕެއާ ކުޅެން ޖެހެނީ، އިންޑިއާގެ ސަތީޝް ކުމާރު އާއި އާދިޔާ ވާރިޔާތުގެ ޕެއާ އަދި ސައުދީ އަރަބިއްޔާގެ މަހްދު ޝައިހު އާއި ހަދީޖާ ކައުސަރުގެ ޕެއާއާ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސުޒޫ0046
12 months ago
މޫސަ މިވަނީ ބޮޑު ތަނުން ފެއިލްވެފަ…ހާޒިރީ ބަލާ މިންގަޑު މިހާރު ކޮބާ؟ އަޖުފާނު ވީމަ އެކަންވެސް ބަދަލުވީ ތަ؟
އަޖޫޖައު
12 months ago
ހަގީގަތުގައި ރަގަޅު ބަލާލަން އަޖްފާން ކިތަށް ޕްރެކްޓިސް ތޯ ކުރީ މުބާރާތާ ދިމާކޮށް؟ މޫސަ ފޮނުވަން ބޭނުންވީމަ ތިއޮތީ ފޮނުވާފަ އަސްލު. ހަދާފަ އޮތް އުސޫލް ބޮލާލާ ޖަހާފަ.
Comment