Advertisement

މާލޭގައި ބާއްވާ އީދު ކުޅިވަރުތައް ފެން ކުޅިން ފަށައިފި

10 އޭޕްރީލް 2024 - 10:56 0

ސިޓީ ކައުންސިލުން އިންތިޒާމް ކުރި ފެންކުޅި ކުޅުން މިއަދު ކުރިއަށްދަނީ: ފެން ކުޅި އޮތީ ރަސްފަންނުގައި -- ފޮޓޯ: އިޔާދު އަބްދުލް ވައްހާބް


މާލޭގައި ބާއްވާ އީދު ކުޅިވަރުތައް ފެން ކުޅިން ފަށައިފި

10 އޭޕްރީލް 2024 - 10:56 0

ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އީދު ކުޅިވަރުތައް ފެން ކުޅިން ފަށައިފި އެވެ.

ފެން ކުޅި ކުޅެނީ ރަސްފަންނު ގޮނޑުދޮށް ސަރަހައްދުގަ އެވެ. ގާތްގަނޑަކަށް 9:30 ގައި ފެން ކުޅި ފެށުމުގެ ކުރިން 7:30 ވަނީ އީދު ސަޔާއެކު ކުޑަކުދިންނަށް ހަދިޔާ ބަހައިފަ އެވެ.

ދެން އޮންނާނީ ބޮޑު މަހާއި މާލި ޕެރޭޑެވެ. ޕެރޭޑު އޮންނާނީ މަޖީދީ މަގު، އޮލިމްޕަސް ކުރިމަތިން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށެވެ. ޕެރޭޑު ފަށަނީ ހަވީރު 4:00 ޖަހާއިރެވެ.

ޕެރޭޑު ފަށާ ގަޑީގައި، ސޯޝަލް ސެންޓަރު ކައިރީގައި ސަގާފީ ކުޅިވަރު ކުޅުން އޮންނާނެ އެވެ. ސަގާފީ ކުޅިވަރުތަކުގެ ތެރޭގައި ބޮޑުބެރާއި ތާރަޖެހުން އޮވެ އެވެ.

އޭގެ ފަހުން މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ސްޓޭޖް ޝޯއެއް އޮވެ އެވެ. އަދި އެއަށްފަހު ގާތްގަނޑަކަށް 10:00 ޖަހާއިރު ހަވާ އެރުވުން އޮންނާނެ އެވެ. ހަވާ އަރުވަނީ ވެސް އާޓިފިޝަލް ބީޗުގަ އެވެ.