Advertisement

ޣިޔާސުއްދީންގައި ބޭއްވިޔަ ނުދިނުމުން ޕީއެންއެފް ޖަލްސާ ރާޅުގަނޑު ސަރަހައްދަށް

9 އޭޕްރީލް 2024 - 23:01 0

ނިމާ ހަސަން

ނިމާ ހަސަން

ޣިޔާސުއްދީންގައި ޖަލްސާ ބޭއްވިޔަ ނުދިނުުމުން ޕީއެންގެ މެންބަރުން ރާޅުގަނޑު ސަރަހައްދަށް ޖަމާވެފައި -- ފޮޓޯ: އަދަދު


ޣިޔާސުއްދީންގައި ބޭއްވިޔަ ނުދިނުމުން ޕީއެންއެފް ޖަލްސާ ރާޅުގަނޑު ސަރަހައްދަށް

9 އޭޕްރީލް 2024 - 23:01 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އާ ޕާޓީ (ޕީއެންއެފް) އުފައްދާ ޖަލްސާ ބާއްވަން ޣިޔާސުއްދީން ސްކޫލްގެ ހޯލު ދޫކުރި އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް ބުނެ، ފުލުހުން ހުރަސް އެޅުމުން އެ ޖަލްސާ ރާޅުގަނޑު ސަރަހައްދަށް ބަދަލުކޮށްފި އެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ޣިޔާސުއްދީން ސްކޫލުގައި ފަށަން ތައްޔާރުވި ނަމަވެސް, ފުލުހުން ދަނީ އެ ސްކޫލުގެ ގޭޓު ބަންދުކޮށް, އިތުރު ބަޔަކު އެތެރެއަށް ވަނުން މަނާކޮށްފަ އެވެ. އެހެންވެ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނަށް އެޖަލްސާއަށް ވަޑައި ނުގެންނެވުުނު އިރު ޖަލްސާ ކަވަރު ކުރުމަށް އެ ސަރަހައްދަށް ދިޔަ ގިނަ ނޫސްވެރިންނަށް ވެސް އެތެރެއަށް ވަނުމުގެ ހުއްދަ ފުލުހުން ނުދެ އެވެ.

އެހެންވެ، ރާޅުގަނޑު ސަރަހައްދުގައި ކުރިން ނިއުޕޯޓް ހިންގި އިމާރާތުގެ ކައިރީ ޖަލްސާ ބާއްވާ ގޮތަށް ނިންމައި ޕީއެންއެފް މެންބަރުން މިހާރު އަންނަނީ އެތަނަށް ޖަމާވަމުންނެވެ.

ޖަލްސާގެ ބައިވެރިން ޣިޔާސުއްދީންގެ ޖަލްސާ ކުރާ މާލަމަށް ވަނުމަށް ހުރަސް އެޅުމުން އެޕާޓީގެ ސަޕޯޓަރުން ވަނީ އެ ސަރަހައްދުގައި މުޒާހަރާކޮށްފަ އެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕާ ސްޕްރޭގެ ބޭނުން ވެސް ކުރި އެވެ. އެ މުޒާހަރާގައި ސަޕޯޓަރުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލާފަ އެވެ. .

ފުލުހުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށް ވަނުން މަނާކުރީ އެސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަ ނުދޭ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް އެ ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުން, އެކަން ތަންފީޒު ކޮށްދިނުމަށް އެޑިއުކޭޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދުނު ކަމަށް ބުނެ އެވެ.

"ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ފަރާތުން އެސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދިފައިވާތީ، އެކަން ތަންފީޒުކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީ، އެސްކޫލުގައި މިވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުންދަނީ އެޓެންޑް ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެެވެ.