Advertisement

ރާއްޖޭގައި އުޅޭ އިންޑިއާ މީހުންނާ އެ ގައުމުގެ ސަފީރު ބައްދަލުކުރައްވަނީ

9 އޭޕްރީލް 2024 - 15:47 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންޑިއާގެ ސަފީރު މުނޫ މަހާވަރު : ރާއްޖޭގައި އުޅޭ އިންޑިއާ މީހުންނާ ހުކުރު ދުވަހު އޭނާ ބައްދަލުކުރައްވާނެ - ފޮޓޯ: އަދަދު


ރާއްޖޭގައި އުޅޭ އިންޑިއާ މީހުންނާ އެ ގައުމުގެ ސަފީރު ބައްދަލުކުރައްވަނީ

9 އޭޕްރީލް 2024 - 15:47 0

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު، ރާއްޖޭގައި ދިރިއުޅޭ އެ ގައުމުގެ މީހުންނާ ބައްދަލުކުރެއްވުމަށް ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފި އެވެ.

އިންޑިއާ ހައިކޮމިޝަނުގެ ރަސްމީ އެކްސް އެކައުންޓުން ޖެހި ލިއުމެއްގައި ބުނީ އެ ބައްދަލުވުން އޮންނާނީ އެޕްރީލް 12، ވާ ހުކުރު ދުވަހު މެންދުރުފަހު 2:30 ގައި ކަމަށެވެ. ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ ހުޅުމާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން އިމާރާތުގަ އެވެ.

ހައި ކޮމިޝަނުގެ ޕޯސްޓުގައިވާ ގޮތުން މި ބައްދަލުވުމަކީ ރާއްޖޭގައި އުޅޭ އިންޑިއާ މީހުންނަށް ކުރިމަތިވާ ދަތިތަކާއި އެކަންކަން ހައްލުކުރަން ކުރެވިދާނެ ކަންކަމުގެ ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އެގޮތުން އިންޑިއާގެ މަސައްކަތްތެރިން އާއްމު މަސްލަހަތާއި ޕާސްޕޯޓާއި ވިސާ ފަދަ މުހިންމު ހިދުމަތްތައް މިހާރަށްވުރެ ރަނގަޅު ކުރުމަށް މަޝްވަރާ ކުރެވޭނެ ކަަމަށްވެސް ބުނެފައިވެ އެވެ.

ވޭތުވެދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި އުޅޭ އިންޑިއާ މަސައްކަތްތެރިންގެ އަދަދު ހުރީ 34،000 އިން މަތީގަ އެވެ. ރާއްޖޭއަށް އިންޑިއާގެ މަސައްކަތްތެރިން އައުން އެންމެ ގިނަވީ މިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގަ އެވެ.

އެގޮތުން 2018 އިން 2023 ގެ ނިޔަލަށް ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންގެ އަަދަދު ވަނީ 30،000 އަށްވުރެ ބޮޑަށް އިތުރުވެފަ އެވެ.