Advertisement

14 ޕޮއިންޓުގެ ލީޑެއް ނަގައި އިންޓަ އިން ތަށްޓާ ގާތަށް

9 އޭޕްރީލް 2024 - 12:12 0


14 ޕޮއިންޓުގެ ލީޑެއް ނަގައި އިންޓަ އިން ތަށްޓާ ގާތަށް

9 އޭޕްރީލް 2024 - 12:12 0

މިލާން (އޭޕްރީލް 9) - އިޓާލިއަން ލީގުގައި ފަހަތުން އަރައި އުދިނޭޒީ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ލީގުގެ އެއް ވަނައިގައި 14 ޕޮއިންޓަށް ލީޑުފުޅާކޮށް ލީގު ތަށްޓާ ގާތަށް ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި އިންޓަ އޮތީ 31 މެޗުން 82 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 31 މެޗުން 68 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޔުވެންޓަސް އަށް 31 މެޗުން ވަނީ 62 ޕޮއިންޓް ލިބިފަ އެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅުގައި އަމިއްލަ ދަނޑުގައި ކުޅުނު އުދިނޭޒީން ވަނީ ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ، ލަޒާ ސަމަރްދްޒިޗް އެވެ. މިއީ އިންޓަގެ ކީޕަރު ޔެން ސޮމާ އާއި ޑިފެންޑަރު، ޑެންޒެލް ޑަމްފްރީސް ހެދި ގޯހެއްގެ ފައިދާނަގައި، ސަމަރްދްޒިޗް ޖެހި ލަނޑެކެވެ. މިއީ، ޕެރެއިރާ ދިން ބޯޅައަކުން ސަމަރްދްޒިޗް ޖެހި ލަނޑެކެވެ.

އިންޓަ އިން ދެ ވަނަ ހާފް ފަށައިގެން، 10 މިނިޓް ތެރޭގައި ވަނީ އެއްވަރުކޮށްފަ އެވެ. މިއީ މެޗުގެ 55 ވަނަ މިނިޓްގައި ހަކަން ޗަނޮނޮގްލޫ ޖެހި ލަނޑެކެވެ. މި ޕެނަލްޓީ ލިބުނީ، އިންޓަގެ ފޯވާޑް، މާކަސް ތުރާމް އަށް އުދިނޭޒީގެ ކީޕަރު، މަޑޫކާ އޮކޯޔޭ ފައުލުކުރުމުންނެވެ. ޕެނަލްޓީން ޖެހި ގޯލާ އެކު، ޗަނޮނޮގްލޫ ވަނީ މި ސީޒަނުގައި 10 ލަނޑު ހަމަކޮށްފަ އެވެ.

މެޗުގެ ތިން ޕޮއިންޓް އިންޓަ އިން ޔަގީންކުރި ލަނޑު ޖެހީ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގަ އެވެ. މިއީ އިންޓަގެ ފޯވާޑް، ލަޓާރޯ މާޓީނޭޒް ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި އައި ވަގުތު ޑަވިޑޭ ފްރަޓޭސީ ޖެހި ގޯލެކެވެ.